Live 7,738 stories Updated Mar 25, 2026
Showing: PSM
Browse topics PSM

PSM

Live feed

ޔަހޫދީންނާއި އެމެރިކާ ނޫން ޤައުމުތަކަށް ހުރްމުޒް ކަނޑުއޮޅި ބޭނުންކުރެވޭނެ

އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ ހަކަތައިގެ ބާޒާރަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ އައު އުސޫލުތަކެއް އީރާނުން އިޢުލާންކޮށްފިއެވެ. އީރާނުން އެކުވެރި ދައުލަތްތަކާއި (އދ) އިންޓަރނޭޝަނަލް މެރިޓައިމް …

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފިއެވެ. މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް…

ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެޗްޑީސީއަށް

ހދ. ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު …

ތުއްތުކުދިން ފޮސްޓަރކުރުމުން ވިހެމުން ލިބޭފަދަ ޗުއްޓީއެއް ލިބޭގޮތް ހަދަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓަރކުރާ އާއިލާތަކަށް ވިހެމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަ މަހު ހަމަޖެހިގެންދާނެކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށްގެން…

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 6 ލައްކައިން މައްޗަށް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %6.5 އިތުރުވުމެކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 601،707 ފަތުރުވެރިން…

ޖަރުމަނުވިލާތާއި އެމެރިކާގެ ގުޅުން އިޢާދަނުކުރެވޭ މިންވަރަކަށް ގޯސްވަނީ

ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ ހަނގުރާމައަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، "ސިޔާސީ ގޮތުން ހެދުނު ބޮޑު ގޯހެއް" ކަމުގައި ވިދާޅުވެ، ޖަރުމަނުވިލާތުގެ ރައީސް ފްރެންކް-ވާލްޓަރ ޝްޓައިންމަޔަރ އެމެރިކާގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެއްޖެއެވެ. ޖަރުމ…

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވައިލައްވައިފިއެވެ. އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިކަމާ ގުޅިގެން އެ ކޮމެޓީން ގެޒެޓު…

ގއ. މާމެންދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ގއ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފަށާފައިފައިވަނީ 24 މާރިޗުގައެވެ. ގއ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވްލޮމްމަންޓު ކޯޕަރޭޝަން، އާރްޑީސީއާއިއެވެ. މާމެންދޫ މަގުތައް ޒަމާނީ ފެ…

އިމާރާތްކުރުމުގެ ގާނޫނުތަކަށް ހޭލުންތެރިކުރުމަށް އޮންލައިން ޕްރޮގްރާމްތަކެއް!

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށް އޮންލައިން ޕްރޮގްރާމްތަކެއް ހިންގަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމު ރައްޔިތުންނާއި މި ދާއިރާގެ މަސައ…

ހައި ކޯޓާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓަށް އިސް ފަނޑިޔާރަކާއި ފެމިލީ ކޯޓަށް އިސް ގާޟީއަކު ހޯދަން އިއުލާންކޮށްފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ހައިކޯޓަށް އައްޔަންކުރެވިފައިވާ، އެ ކޯޓުގައި މަސައްކަތް ކުރައްވަމުންގެންދަވާ ފަނޑިޔާރުންނަށެވެ…

ސްކޭމުގެ ގޮތުގައި ގެއްލުނު 1 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

މިދިޔަ ހަފްތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅިފައިވާ ސްކޭމްގެ މައްސަލަތަކުން 1 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް އެ ޚިދުމަތުން ހާމަކޮށްފިއެވެ. އެ އިދާރާއިން ވިދާޅުވި ގޮތުގައި، ފާއިތުވެދިޔާ ހަފްތާގައި ސްކޭމްއާ ގުޅޭ 51 ހުށައަޅާފައިވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި…

އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 ބޭނުންކުރާ ފަސެންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ. އެމްއޭސީއެލްއިން ވިދާޅުވީ މި ބަދަލުތައް ގެނެސްފައިވަނީ މިއަދު 10 އިން ފެށިގެންކަމަށެވެ. އެމްއޭސީއެލުން ވިދާޅުވީ ފަސިންޖަރުންނަށް ލުއިފަސޭހަ…

Loading fresh headlines…