Live 9,585 stories Updated May 17, 2026
Showing: PSM
Browse topics PSM

PSM

Live feed

މޫސުން އެންމެ ގޯސްވާނީ އުތުރާއި މެދުރާއްޖެތެރެއަށް

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ވިއްސާރަކުރާނެ ކަމަށެވެ. އެހެންނަމަވެސް އެންމެ ބޮޑަށް މޫސުން ގޯސްވާނީ، އުތުރާއި މެދު ރާއްޖެ ތެރޭގެ އަ…

31 ބައިވެރިންނާއެކު ޔޫތު ލީޑަރޝިޕް ކޭމްޕް ބާއްވައިފި

ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ޔޫތު ލީޑަރޝިޕް ކޭމްޕް" 31 ބައިވެރިންނާއެކު ކ. ހުރާގައި ބާއްވައިފިއެވެ. މި ކޭމްޕަކީ، 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީ ކުރުމަށް ތިން ދުވަހަށް ކުރިޔަށް ގެ…

އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދިން ޙަމަލާގައި ލުބްނާނުގެ 10 މީހުން ޝަހީދުވެއްޖެ

ލުބްނާނާއި ޔަހޫދީންނާ ދެމެދު ނަމެއްގައި އޮތް ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިކަން އެމެރިކާއިން އިޢުލާނުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޔަހޫދީން ލުބްނާނަށް އިތުރު ޙަމަލާތަކެއްދީ، އިތުރު 10 މީހަކު ޝަހީދުކޮށްލައިފިއެވެ. މިދިޔަ މަހުގެ 17ވަނަ ދުވަހުން ފެށިގެން ޙަމަލާތ…

"ރިޟުވާންގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހުން ދޫކޮށްލީ ކުރީ ސަރުކާރުން"

ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލާގައި ތުހުމަތުވާ މީހުން ދޫކޮށްލީ ކުރީ ސަރުކާރުން ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ، ރިޟުވާނުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން ދޫކޮށްލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މ…

ސިފައިންގެ ބޭކަލަކު ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ހިތާމައެއް: ރައީސް

ގެއްލުނު ފަތުރުވެރިން ހޯދަމުންދަނިކޮށް ސިފައިންގެ ބޭކަލަކު ނިޔާވުމަކީ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއ…

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުން ޖޫން 13ގައި

މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 13ގައި ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ހައިކޯޓުގެ ހުކުމަކާއެކު ފުރަތަމަ ބުރުގެ ވ…

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އައިއޯޓީސީ ބައްދަލުވުން ނިމިއްޖެ

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ، މި ބައްދަލުވުން ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަ…

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ހުދު ސަމާލު

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 14:15 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށެވެ. މޫސުމާ ބެހޭ ޤައުމީ…

ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އޮޕަރޭޝަނުގ…

ޕޮލެންޑަށް 4،000 ސިފައިން ނުފޮނުވަން އެމެރިކާއިން ނިންމައިފި

ޕޮލެންޑަށް ފޮނުވުމަށް ކުރިން ނިންމާފައިވާ 4،000 ސިފައިންގެ ފައުޖު ނުފޮނުވުމަށް އެމެރިކާ ދިފާޢީ އިދާރާ، ޕެންޓަގަނުން ކުއްލި ގޮތަކަށް ނިންމައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ އިސް ދެ އޮފިޝަލަކު މި ކަން ކަށަވަރު ކޮށްދީފައިވާއިރު، ވިލާތުގެ ޤައުމުތަކުގައި ޤާއިމުކޮށްފައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު މ…

ޑައިވަރުން ހޯދުމުގައި ހަރަކާތްތެރިވާ ސިފައިންގެ އޮފިސަރެއް ހާލު ދެރަވެގެން ފަރުވާދެނީ

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ އޮފިސަރެއް ހާލު ދެރަވެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެ…

މުދަލު ޒަކާތުގެ ގޮތުގައި 50 މިލިޔަން ރުފިޔާ

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 8.7 އިންސައްތަ އިތުރު އަދަދެކެވެ. ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ހާމަކޮ…

Loading fresh headlines…