Live 9,585 stories Updated May 17, 2026
Showing: PSM
Browse topics PSM

PSM

Live feed

"އައު ކުޅުންތެރިންގެ ފަރާތުން ހިތްހަމަޖެހޭވަރުގެ ކުރިއެރުންތައް ފެނޭ"

ޤައުމީ އަންހެން ވޮލީ ޓީމަށް ކުރިޔަށް އޮތީ ވަރަށް "ޗެލެންޖިންގެ" މުބާރާތެއް ކަމަށާއި، ގިނަ އައު ކުޅުންތެރިތަކެއް ހިމަނައިގެން ކުރިޔަށް ގެންދާ ފަރިތަކުރުންތަކުގައި އައު ކުޅުންތެރިންގެ ފަރާތުން ހިތްހަމަޖެހޭވަރުގެ ކުރިއެރުންތަކެއް ފެންނަ ކަމަށް ޓީމުގެ އެސިސްޓެންޓް ކޯޗު ފަތުހުﷲ ވަހީދު ބުނެފިއެވެ. ޒުވާނ…

ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ އިއްޔެ މެޗްތައްވެސް ފޯރި ގަދަ

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 25 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ހަތަރުވަނަ ދުވަހުގެ މެޗުތައް އެން ސްޕޯޓްސް އެކެޑެމީ، ޔޫތް ޔުނައިޓެޑް އެސްސީ، ކްލަބް ގްރީން ސްޓްރީޓްސް އަދި ކުޅުދުއްފުށީ ޔޫތް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) ކާމިޔާބުކ…

ގްރީންގެ ކޯޗުކަމުން ނިސްތާރު ވަކިވެއްޖެ

ރެލިގޭޝަނާ ހަނގުރާމަކުރަމުންދާ ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗުގެ މަގާމުން އަލީ ނިސްތާރު މުޙައްމަދު ވަކިވެއްޖެއެވެ. މިކަން ހާމަކޮށް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ނިސްތާރު ވަނީ، އޭނައާ ނުލާވެސް، ގްރީން ސްޓްރީޓްސްއަށް ކާމިޔާބީއަށް އެދޭކަމަށް ބުނެފައެވެ. އަދި ގްރީންގެ ކުޅުންތެރިންނަކީ ވަރަށް ޙާއ…

އެންމެންގެ ތަޢުރީފާއި ލޯބި މަރުޙޫމް މުޙައްމަދު މަހުދީއަށް

ޤައުމީ ދިފާޢީ ބާރުގައި ޚިދުމަތް ކުރައްވާ ކޮންމެ ދިވެހި ސިފައިންގެ މީހަކީ ޤައުމާއި ދީނާއި ޤައުމުގެ ރައްޔިތުންނަށްޓަކައި ފުރާނަ ޤުރުބާން ކުރަން ތައްޔާރަށް ތިބި ދަރިންތަކެކެވެ. ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ އިސްސަފުގައި ތިބެނީ އަޅުގަނޑުމެންގެ ލޮބުވެތި ސިފައިންނެވެ. ހޮނިހިރު ދުވަހު ދިމާވި ހިތ…

ޗެލްސީގެ ކޯޗަކަށް އަލޮންސޯ ހަމަޖައްސައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީގެ ކޯޗު ކަމަށް ސްޕެއިންގެ ޒަވީ އަލޮންސޯ ހަމަޖައްސާފައިވާ ކަމަށް އިނގިރޭސި މީޑިޔާ ތަކުން ބުނެފި އެވެ. ޗެލްސީގެ ދާއިމީ ކޯޗު ކަމަށް އަލޮންސޯ ހަމަޖައްސާފައިވަނީ އެ ޓީމަށް ކޯޗު ކޮށްދެމުންދިޔަ ލިއާމް ރޮޒޭނިއާ މިދިޔަ މަހު މަގާމުން ވަކިކުރުމަށްފަހު އެ ޓީމުގެ ކޯޗު ކަމ…

މޮރީނިއޯ ބެންފީކާ އާއިއެކު ބަލިނުވެ ސީޒަން ނިންމާލައިފި

ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ބެންފީކާ އާއިއެކު ބަލިނުވެ ލީގު ނިންމާލައިފި އެވެ. ޕޯޗުގަލްގެ ޕްރިމެރަ ލީގާގެ ތިންވަނަ މަގާމް ބެންފީކާ އަށް ލިބިފައިވާއިރު ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން އެ ޓީމު ވަނީ 23 މެޗުން މޮޅުވެ 11 މެޗުން އެއްވަރުވެފަ އެވެ. ލީގު ޗެމްޕިއަންކަން ހޯދި ޕޯޓޯ އަށް 88 ޕޮއިންޓް ލިބިފައިވ…

މަރްހޫމް މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި، އެތައްސަތޭކަ ބަޔަކު ބައިވެެރިވި

ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިއަށްދާ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެ ފަރުވާދެމުން ދަނިކޮން ނިޔާވި ސިފައިންގެ ޑައިވަރު، މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ. މިމަހުގެ 14 ވަނަ ދުވަހު ވ.އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރ…

އެސްޓީއޯގެ ހިއްސާއަކަށް 85ރ. ބަހަން ފާސްކޮށްފި

ދައުލަތުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. އެކުންފުނިން މިގޮތަށް ފާސްކޮށްފައިވަނީ، މިރޭ ބޭއްވި އެކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. މިއީ، އެކުންފުނިން އާންމުކޮށް ހިއްސާ ވިއްކަން ފެށިތާ 25 އަހަރު ފުރޭ އަހަ…

އައު ކައުންސިލަރުންނާއި އތމ ކޮމިޓީގެ މެމްބަރުން މަޤާމަށް އަހުލުވެރިކުރުމަށް ޕްރޮގްރާމެއް

ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުކުރެވުނު މެންބަރުން މަގާމަށް އަހުލުވެރިކުރުމަށް " ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމު ނިންމާލައިފިއެވެ. ލޯކަލް ގަ…

ނަކްބާއަކީ ނަސްލު ހޭދަ ކުރުމުގެ ޖަރީމާއެއް ކަމަށް ކަނޑައަޅަން ގޮވާލައިފި

އަލް-ނަކްބާ ނުވަތަ 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ގާއިމު ކުރަން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, ފޭރިގަތް ހިތާމަވެރި ދުވަހަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ހޭދަ ކުރުމަށް ހިންގި ޖަރީމާއެއްގެ ގޮތުގައި ދުނިޔެއިން ކަނޑައަޅަން، ފަލަސްޠީނުން ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލައިފިއެވެ. …

ޗެލްސީ ބަލިކޮށް ސިޓީން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ އިން ހޯދައިފި އެވެ. މެންޗެސްޓަރ ސިޓީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު 1-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްގެންނެވެ. 83 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މ…

ނިޔާވި ސިފައިންގެ މީހާގެ މޫނުދެއްކުމާއި ޖަނާޒާ މިރޭ އިސްލާމީ މަރުކަޒުގައި

ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދަން ކުރިއަށް ގެންދާ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮން ނިޔާވި ސިފައިންގެ ޑައިވަރު، ސްޓާފް ސާޖެންޓް، މުހައްމަދު މަހުދީގެ ޖަނާޒާ މިރޭ ބާއްވާނީ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑ…

Loading fresh headlines…