Live 9,567 stories Updated May 21, 2026
Showing: PSM
Browse topics PSM

PSM

Live feed

އދ.އަތޮޅު ތައުލީމީ މަރުކަޒާއި މާފުށީ ސްކޫލް ފައިނަލަށް

17 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރ" ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗުތައް ކާމިޔާބުކޮށް، އދ.އަތޮޅު ތައުލީމީ މަރުކަޒާއި މާފުށީ ސްކޫލް، މުބާރާތުގެ ފައިނަލަށް ޖާގަ ހޯދައިފިއެވެ. ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގަ އިއްޔެ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ކަލާފާނު ސްކޫލާ ވާދަކޮށް، އދ.އަތޮޅު …

ޙައްޖުގެ 50ވަނަ ސިމްޕޯސިއަމް، ޚިދުމަތުގައި ހޯދާފައިވާ ކުރިއެރުމަށް

ޙައްޖުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ސައުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ކޮންމެ އަހަރަކު ބާއްވަމުންދާ އެންމެ ބޮޑު އެއް ހަރަކާތް "ގްރޭންޑް ޙައްޖު ސިމްޕޯސިއަމް"ގެ 50 ވަނަ ސިމްޕޯސިއަމް ބާއްވައިފިއެވެ. ސައުދީގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު، ތައުފީޤް އައް-ރަބީޢާ ވަނީ، އިސްލާމީ ޤައުމުތަކު…

ކަސެމީރޯ ހޯދުމަށް އިންޓަރ މަޔާމީ އިން މަސައްކަތް ކުރަނީ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ ބްރެޒިލްގެ މިޑްފީލްޑަރ ކަސެމީރޯ ހޯދުމަށް އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީ އިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އުމުރުން 34 އަހަރުގެ ކަސެމީރޯ ވަނީ އޭނާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނ…

30 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެސްޓަން ވިލާއިން ތަށްޓެއް ހޯދައިފި

ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާ 30 އަހަރުގެ ދިގު މުއްދަތަކަށްފަހު އެސްޓަން ވިލާ އިން ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިފި އެވެ. ޔޫރަޕްގެ ދެވަނަ އަށް އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެސްޓަން ވިލާ އިން ހޯދާފައިވަނީ ރޭ ޖަރުމަނުގެ ފްރެއިބަރގް އާއި ދެކޮޅަށް…

އޭދަފުށީގެ ދަނޑުގައި ދިއްދޫ އިން ޗެންޕިއަން އައްޑަނަ އުފުލާލައިފި

މިހާރު ކުރިއަށްދާ ރީޖަނަލް ލީގުތަކުގެ ތެރެއިން ނޯތު ލީގުގެ ޗެމްޕިއަން އައްޑަނަ އޭދަފުށީގެ ދަނޑުގައި ދިއްދޫ އިން އުފުލާލާފުއެވެ. މެޗުގެ ކުރިން ވެސް ނޯތު ލީގުގެ ޗެމްޕިއަންކަން ކަަށަވަރުކޮއްފަވާ ދިއްދޫ ބ.އޭދަފުއްޓާ ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި ނަތީޖާ އެކު ނޯތ…

ޓްރަމްޕަށް ލިބިދޭ ހަނގުރާމައިގެ ބާރުތައް ހަނިކުރާ ޤަރާރު ކުރިއަށްގެންދަން ފާސްކޮށްފި

އެމެރިކާގެ ރައީސްއަށް ލިބިދޭ ހަނގުރާމައިގެ ބާރުތައް ހަނިކުރުމާ ގުޅޭ ޤަރާރެއް ކުރިއެރުވުމަށް އެމެރިކާގެ ސެނެޓުން ވޯޓު ދީފިއެވެ. އެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ކޮންގްރެސްއިން ރަސްމީކޮށް ޙުއްދަ ނުދޭނަމަ އީރާނ…

ޓެރިފް އުވާލުން: އިގްތިޞާދީ އަދި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއެއް

އިނގިރޭސިވިލާތަށް ބޭރުކުރާ ދިވެހި މަހުގެ އުފެއްދުންތަކުން ނަގަމުން އައި ޑިއުޓީ ކަނޑާލުމަށް ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރާއި ޚާރިޖީ ސިޔާސަތު ހަރުދަނާކަމުގެ ދިރިހުރި ހެއްކެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ހުސެއިން ޝަރީފް ވި…

ހަނގުރާމައިގައި އެމެރިކާގެ 42 ވައިގެ އުޅަނދު ގެއްލުނު

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި، މިހާތަނަށް އެމެރިކާއަށް 42 އަސްކަރީ ވައިގެ އުޅަނދެއް ގެއްލުނުކަމަށް ރަސްމީ ރިޕޯޓެއްގައި ބުނެފިއެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ޢުދުވާނުގެ ރައްދުގައި އީރާނުން ވެސް ވަނީ ވަރުގަދަ…

ހަނގުރާމައިގެ ސަބަބުން ޓީޓީ ކޯޗު އެނބުރި ގައުމަށް

ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިންނަށް ބޮޑަތި ކުރިއެރުންތަކެއް ހޯދައިދިން އީރާނުގެ ތަޖުރިބާކާރު ކޯޗު މަހްދީ ހޯޝްމަރަމް ރާއްޖެ ދޫކޮށް އެނބުރި ގައުމަށް ދާން ނިންމައިފިއެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ ކޯޗު މަހުދީ އެނބުރި ގައުމަށްދާން ނިންމީ މެދު އިރުމަތީގެ މަސްރަހާއި ގުޅިގެން ނުތަނަވަސްވެ އާއ…

ޞުމޫދް ފްލޮޓިއްލާއިން ވަގަށްނެގި 87 މީހުން ހައިހޫނުކަމުގެ ހަޅުތާލެއްގައި

ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރަމުން ދިޔަ "ގްލޯބަލް ޞުމޫދް ފްލޮޓިއްލާ" ގެ (ޖީއެސްއެފް) އުޅަނދުތަކަށް އަރައި، ވަގަށް ނަގައިގެން ގެންދިޔަ 87 މީހުން ހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާކަމަށް އެ ދަތުރު އިންތިޒާމްކުރި ފަރާތުން…

ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ

ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދ…

ނާޠިމް ވަކިކުރުމުގެ ބަހުސްގައި ޖަވާބުދާރީވާން 10 މިނެޓް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޠިމް އެ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ ބަހުސްގައި، ދިފާއުގައި ވާހަކަ ދެއްކުމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޠިމް ވަކިކުރަން…

Loading fresh headlines…