Live 9,567 stories Updated May 21, 2026
Showing: PSM
Browse topics PSM

PSM

Live feed

އެބޯލާގެ ސަބަބުން ކޮންގޯގެ ވޯލްޑްކަޕް ކޭމްޕް ބެލްޖިއަމަށް

ކޮންގޯގެ އުތުރުގައި ފެތުރެމުންދާ އެބޯލާ ވައިރަސްގެ ސަބަބުން ވޯލްޑް ކަޕަށް ތައްޔާރުވާން އެ ގައުމުން ބާއްވަން އުޅުނު ކޭމްޕް ކެންސަލްކޮށް ބެލްޖިއަމްގައި ކޭމްޕް ކުރަން ނިންމައިފި އެވެ. ޔޫރަޕުގެ ގައުމެއް ކަމަށްވާ ބެލްޖިއަމަށް ކޮންގޯ ޓީމު ދާން ނިންމި މައިގަނޑު ސަބަބަކީ އެބޯލާގެ ސަބަބުން އެމެރިކާ އަށް އެ…

އެތައް އިރެން ވަންދެން ނޭމާ ރުއީ ބްރެޒިލް ޓީމަށް ނެގުމުން

ވޯލްޑް ކަޕަށްދާ ބްރެޒިލް ޓީމަށް ނެގުމުން އުފަލުން ގޮސް އެތައް އިރެއް ވަންދެން ރުއި ކަމަށް ފޯވަޑް ނޭމާ ސަންޓޯސް ބުނެފި އެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަނިޔާގެ ސަބަބުން ގައުމީ ޓީމަށް ނުކުޅެ ހުރި ކުޅުންތެރިޔާ އަށް ވޯލްޑް ކަޕް ޓީމުން ޖާގަ ލިބިދާނެ ކަމާމެދު އޮތީ ވަރަށް ބޮޑަށް ސުވާލ…

"ރައީސް މަސައްކަތް ކުރައްވަނީ ވެއްޓިފައިވާ އަނދަވަޅުން މަސްވެރިކަން ސަލާމަތްކުރުމަށް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގެ މަސްވެރިކަން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށާއި އެކަމުގައި އެމަނިކުފާނު ކާމިޔާބީތައް ހޯއްދަވަމުންދާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ. ޕީއެންސީން މިހެން ބުނީ ރާއްޖޭގެ ކަނޑުމަ…

އިންޑިއާގެ އަސްކަރީ ތަމްރީނެއްގައި ޤައުމީ ދިފާޢީ ބާރުން ބައިވެރިވެއްޖެ

އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕާޓްނަރޝިޕް އޮފް ރީޖަނަލް އަރމީސް ފޮރ ގްރޯތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން" ގައި ޤައުމީ ދިފާއީ ބާރުން ބައިވެރިވެެއްޖެއެވެ. އެކްސަސައިޒް ޕްރަގާޓީ 2026ގެ ނަމުގައި ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ މިތަމްރީން އޮންނަނީ އިންޑިއާގެ …

ޖޭއެސްސީގެ މެންބަރުކަމަށް އަލްއުސްތާޛު ޢަލީ ނަޞީރު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް މިއަދު ޢައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ދަފްތަރު ނަންބަރު ރސ 535، އަލްއުސް…

"ޓައިވާނަކީ ޗައިނާއިން ވަކި ނުކުރެވޭނެ ބައެއް؛ ވަން ޗައިނާ ސިޔާސަތު ދަމަހައްޓާނަން"

ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށާއި، ރާއްޖެއިން "ވަން ޗައިނާ" ސިޔާސަތު މަތީ ދެމި ތިބޭނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފިއެވެ. ވަން ޗައިނާ ސިޔާސަތަކީ ދިވެހިރާއްޖެއިން އެ ޤައުމާއި ސިޔާސީ ގުޅުން ޤާއިމުކުރުމަށް ފަހު އަބަދުވެސް ދަމަހައްޓާ ސިޔާސަތެކެވެ. ޚާރިޖީ ވުޒ…

ބ.އަތޮޅުން އއ.އަތޮޅަށް ރީނދޫ ސަމާލު، 45 މޭލަށް ވައިގަދަވާނެ

ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އއ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 11:00 އިން 15:00 އަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލ…

ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް 4 މައިދާނެއްގައި

މިއަހަރުގެ އަޟްޙާ ޢީދު ނަމާދުވެސް މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ. މީގެއިތުރުން 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މާލެ ސަރަހައްދުގައި މާލެއާއި، ވިލިމާލެ އަދި ހުޅުލޭގައިވެސް މިއަހަރު…

ޑރ. ޙަސަން ޙަމީދުގެ އިނގިރޭސި - ދިވެހި ބަސްފޮތް ރައީސް މައުމޫނަށް ހަދިޔާކުރައްވައިފި

ޢިލްމުވެރިޔާ ޑރ. ޙަސަން ޙަމީދު އެކުލަވާލައްވާފައިވާ އިނގިރޭސި – ދިވެހި ބަސްފޮތް މައުމޫން ފައުންޑޭޝަންގެ ޗެއާރމަން، ނިޝާން ޢާޒީގެ ޢިއްޒަތުގެވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ހަދިޔާކުރައްވައިފިއެވެ. އިނގިރޭސި – ދިވެހި ބަސްފޮތް ރައީސަށް ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި ރައީސް މަ…

ބޮޑުތަކުރުފާނު މަގު: ޝީޓްޕައިލްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ޝީޓްޕައިލްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ މީގެތެރޭގައި ހިމެނެނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 2، 3 އަދި 4 ކަމަށެވެ. މާލ…

ނަތަންޔާހޫ ހައްޔަރުކުރުމަށް ދެކުނު ކޮރެޔާގެ ރައީސް ބާރުއަޅުއްވައިފި

ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީއިން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރާ އެއްގޮތަށް ދެކުނު ކޮރެޔާއިން ވެސް އޭނާ ހައްޔަރު ކުރަން ޖެހޭ ކަމަށް އެ ޤައުމުގެ ރައީސް ލީ ޖޭ މްޔަންގ ވިދާޅުވެއްޖެެއެވެ. ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޞުމޫދް ފްލޮޓިއްލ…

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން 10:30އަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައެވެ. ކުރިއަށް އޮތް 24 ގަޑ…

Loading fresh headlines…