Live 12,082 stories Updated Aug 4, 2026
Showing: PSM
Browse topics PSM

PSM

Live feed

ޕޯޓް ތިލަފުއްޓަށް: ވިޔަފާރިވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢޫއާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމްޕީއެލް އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު މީރުމާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން، އެމްޕީއެލްގެ ފަރާތުން ކުންފު…

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވައިފި

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ. މި މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެނ…

ނުއަގުގައި އެއްވެސް ރަށެއް ނުވިއްކާނަން: އެމްޓީޑީސީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއިން ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ސަބްލީސް ކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްޤެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. އެމްޓީޑީސީއިން ވިދާޅުވީ، އެފަދަ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ…

ބުރު އަތުން ހޯދި ފަސޭހަ މޮޅާއެކު، ނިއުއަށް ރަނގަޅު ފެށުމެއް

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބާއްވާ ކަޕް ވިނާސް ކަޕުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބް އަތުން ފަސޭހަ މޮޅެއް ހޯދާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ. ކަޕް ވިނާސް ކަޕް އެންމެ ފަހުން ކުޅުނީ މީގެ 18 އަހަރު ކުރިން 2008 ވަނަ އަހަރުގައެވެ. އެ ފަހަރުގެ މުބާރާތުގައި ވެސް…

ސެއުތާއަށް އެތެރެވާން އުޅުނު މީހުންގެ ތެރެއިން 72 މީހުން މަރު

ސްޕެއިންގެ އިޙްތިޞާޞް ހިނގާ ސެއުޓާ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް އެތެރެވާން އުޅުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ޢަދަދު 72 އަށް އަރާފައިވާ ކަމަށް ރަސްމީ އިދާރާތަކުން ހާމަކޮށްފިއެވެ. އުތުރު އެފްރިކާގެ އައްސޭރިފަށުން އިތުރު ފަސް މީހެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން، މަރުވި މީހުންގެ ޢަދަދު ވަނީ ކު…

"ހުރިހާ މުބާރާތެއް ނެގުން އެއީ ޕްރެޝަރެއް، އެކަމަކު ތައްޔާރު"

އާ ސީޒަނަށް ހުރިހާ ތައްޓެއް ހޯދުމަށް ނިއުރޭޑިއަންޓުން ނުކުތުން އެއީ ކޯޗެއްގެ ގޮތުގައި ޕްރެޝަރެއް ކަމަށާއި، އެކަމަކު މި ޗެލެންޖު ނެގޭނެ ކަމުގެ ޔަގީނަކަން އެބައޮތް ކަމަށް ނިއުރޭޑިއަންޓްގެ ކޯޗު ފްރެންސިސްކޯ މެނުއަލް ޕަލްމޭރޯ ކަރެންޒޯސް ބުނެފިއެވެ. ނިއުރޭޑިއަންޓް ވަނީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލ…

ޔަހޫދީންގެ ނުރައްކާ ހުޅަނގު އައްސޭރީގެ ގިނަ އަވަށްތަކަށް

އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ނިރުބަވެރިން ދިން ނުރައްކާތެރި ހަމަލާތަކެއްގައި ފަލަސްޠީނުގެ 2 މީހަކު ޒަހަމްވެފައިވާއިރު، ޔަހޫދީ ސިފައިން ވަނީ ރަމާﷲ އާއި ނަބްލުސް ކައިރީގައިވާ އަވަށްތަކަށް ވަދެގަނެ އިތުރު ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ. ފަލަސްޠީނުގެ މީޑި…

މޯލްޑިވްސް 2.0: ޑީއެންއާރުގެ ޚިދުމަތްތަކަށް ބަދަލުތަކެއް

ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ގޮތުން މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވެއްޖެއެވެ. ރައްޔިތުންނާއި ގާތުން ލުއިފަސޭހަކަމާއެކު ޚިދުމަތް ދ…

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަށް ފަނޑިޔާރުން ހޯދަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، އުފެއްދުންތެރިކަ…

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ، މިމަހުގެ 16 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި،…

ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކުގެ މަހާސިންތާ ފަށައިފި

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ފަށައިފިއެވެ. މި މަހާސިންތާއަކީ، އދ.ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމިއްޔާއާއި އޮޑިޓަރ ޖެނެރަލް އޮފީހާއި ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. "ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް" …

21,354 އުޅަނދު ފާސްކޮށް، 10,878 ޖޫރިމަނާ

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 21،000 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށް، މީގެތެރެއިން 10,878 ކޭސް ޖޫރިމަނާކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލޭގެ މަގުމަތީގެ އަމާންކަން ކަށަވަރު ކުރުމަށް ފުލުހުން ފުލުހުން ދަނީ، ގިނަ މަސައްކަތްތަކެއް…

Loading fresh headlines…