Live 12,075 stories Updated Aug 5, 2026
Showing: PSM
Browse topics PSM

PSM

Live feed

ތަރިކަ ދިރާސާކުރުމުގެ ދާއިރާގެ ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ތަރިކަ ދިރާސާކުރުމަށް ދޭ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މުއްދަތު އިތުރުކޮށްފައިވަނީ އޮގަސްޓްމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ދިވެހި ތަރިކައަށް ޚާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" ފުރުސަތުތަކަކ…

އައިރީނާގެ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަންކުރަން ރުހުން ދީފި

ދިވެހިރާއްޖޭން އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އިބްރާހިމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ. މަޖިލީހުން މިގޮތަށް ރުހުން ދެއްވީ އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަން ކުރެއްވ…

ޔަހޫދީން ޝަހީދުކޮށްލި ޣައްޒާގެ ޢާއިލާއެއްގެ 112 މީހުން އެއްފަހަރާ ވަޅުލައިފި

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ތެރެއިން ދިން ނިރުބަވެރި ހަމަލާތަކެއްގައި ޝަހީދުކޮށްލި އެއް ޢާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ޖަނާޒާ ބާއްވައި، އެއްފަހަރާ ވަޅުލައިފިއެވެ. އަލް-ޙަސައިނާ ޢާއިލާގެ މީހުންގެ ހަށިތައް ފެނިފައި ވަނީ، ޣައްޒާގެ ޞަބ…

"ޞައްހަ މަޢުލޫމާތާއެކު އެސްޑީޖީތައް ހާސިލްކުރުމަށް އޮޑިޓް އިދާރާތަކުގެ ދައުރު މުހިންމު"

ޞައްހަ މައުލޫމާތުގެ އަލީގައި ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް(އެސްޑީޖީ) ނުވަތަ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކުގެ އޮޑިޓް އިދާރާތަކުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަމަށް، އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާ…

އެސްއޭއައި ސިމްޕޯޒިއަމް ނިންމާ އައިޑީއައި ގްލޯބަލް ސަމިޓް ފަށައިފި

ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އިދާރާތަކަށް އަމާޒުކޮށް ބޭއްވި މަހާސިންތާ ނިންމާލައިފިއެވެ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަހާސިންތާގެ ނިމުން ފާހަގަކޮށްފައިވާއިރުވަނީ ދުނިޔޭގެ އެންމެ މަތީ އޮޑިޓް އޮފީސްތަކުން ބައިވެރިވާ އައިޑީއައި ގްލޯބަލް ސަމިޓްވަނީ ފަށާފައެވެ. މިކަމަށްޓަކައި …

ކުރިއަށްއޮތް ހަފުތާގައިވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސް

ކުރިއަށް އޮތް ހަފުތާގައިވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި މޫސުން އެންމެ ގޯސްވާނެކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެއަށް ކަމަށެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޫސުމާބެހޭ ޤ…

ފަޒީލްގެ ކުންފުނިން ދައުވާ ނެގުމުން އެފްއޭއެމްއިން މަރުހަބާ ކިޔައިފި

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަދާފައިވާ ގުދަން ބަރިން އިމާރާތެއް ހުސްކުރަން އެފްއޭއެމް އިން އެންގި އެންގުން ހުއްޓުވަން ސިވިލް ކޯޓަށް ފިއުޗާ ހޯމްސް ކުންފުނިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔުމުން އެކަމަށް އެފްއޭއެމް އިން މަރުހަބާ ކިޔައިފ…

ބީއެމްއެލްގައި ޑޮލަރުން އިންވެސްޓްކުރުމުން ފައިދާ ޑޮލަރުން ދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން އިންވެސްޓްކުރުމުން %25އާ ހަމައަށް ފައިދާ ލިބޭ ގޮތަށް ތަޢާރަފްކުރި ސްކީމްގެ އިންވެސްޓްމަންޓާއި ފައިދާވެސް ޑޮލަރުން ދޭ ގޮތަށް އެބޭންކުން ނިންމައިފިއެވެ. ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން "އިންވެސްޓްމަންޓްސް"ގެ ނަމުގައި އައު ޚިދުމަތ…

ޔަމަން ކައިރިން ދަތުރުކުރި އިންޑިއާގެ އާގުބޯޓެއް ފައްތައިލައިފި

ޔަމަންގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ އިންޑިޔާގެ އާގުބޯޓަކަށް ހަމަލާދީ ފައްތައިލައިފިއެވެ. 'އެމްއެސްވީ ފާޒޭ ނޫރް އޯލިޔާ' ގެ ނަން ދީފައިވާ އާގުބޯޓު ފެތިފައި ވަނީ ރަތް ކަނޑުގެ ސަރަޙައްދަށެވެ. ނަމަވެސް، އުޅަނދުގައި ތިބި 14 ފަޅުވެރިން ސަލާމަތް ކުރެވިފައިވާ ކަމުގައި އިންޑިޔާގެ ކަނޑު ދަތުރުފަތުރާ ބ…

ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކުރެވިގެން: ރައީސް

ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށް، އީޖާދުކުރުމަށް ވުނަކުރުން މަތީ ދެމިތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައ…

ރައީސްގެ ދެކަނބަލުންނަށް އުކުޅަހުން ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ.އުކުޅަހަށް ވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އެ ރަށުން ވަނީ ރަތް ދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ. އެ މަނިކުފާނަށް އިސްތިޤްބާލުކުރުމަށްޓަކާ އެ ރަށުގެ އިދާރާތަކުގެ އިސްވެރި…

ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލުން ބިން ސަރުކާރަށް ނެގޭނެ އިސްލާހެއް

ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫ…

Loading fresh headlines…