Live 12,075 stories Updated Aug 6, 2026
Showing: PSM
Browse topics PSM

PSM

Live feed

ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ

ޖޫންމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ މޭމަހު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ މޭމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 322 މިލިޔަން ރުފިޔާއެވެ. ކަސްޓަ…

ބައިތުލްމަޤްދިސްގައި ޔަހޫދީން ހިންގާ ޖަރީމާތައް ދުނިޔޭގެ ސަމާލުކަމަށް ގެންނަނީ

ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ބައިތުލްމަޤްދިސާއި އެ ރަށުގައިވާ އިސްލާމީ މުޤައްދަސް ބިނާތަކާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ރެކޯޑުކޮށް، ދުނިޔެއަށް ހާމަކުރުމަށް ޓަކައި ޚާއްޞަ ނިޒާމެއް ޤާއިމުކުރުމަށް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނިންމަވައިފިއެވެ.…

ހުޅުމާލެއިން މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ މާލެ، މ. ޖެންޝަން، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔަ ރޭގެ ވަގުތެއްގަ…

އޭދަފުށީ މަގު ހެދުން: ދެވަނަ ފިޔަވަހި ފަށަން ތައްޔާރުވެއްޖެ

އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ. އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. އާރްޑީސީން ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓް…

މަރުގެ އަދަބަށް ފަސްނުޖެހި އެނބުރި ޤައުމަށް ދާނަން: ޝައިޚް ޙަސީނާ

ދެހާސް ސައުވީސް ވަނަ އަހަރު ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ހުއްޓުވުމުގެ ތެރެއިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ޒިންމާ އަޅުވައި، މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، ޑިސެންބަރު މަހު އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަން ހާމަކުރައްވައިފިއެވެ. …

އެމްޑީޕީ ކޮންގްރެސް: އަސާސީ ޤަވާޢިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި

ސެޕްޓެމްބަރު 19ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މޯލްޑިވިއަން ޑިމްކްރެޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ޕާޓީން އިއްޔެވަނީ ކޮންގްރެސްގެ ސުންގަޑިތަކާއި، ކޮންގްރެސްކުރިއަށްދާނެ ގޮތުގެ…

ލުބްނާން ޢުދުވާން ފުޅާކުރަނިކޮށް ޔަހޫދީ ސިފައިންގެ ދެ މީހުން މަރައިލައިފި

ލުބްނާން ސަރުކާރާއި ޔަހޫދީ ދައުލަތާ ދެމެދު ޞުލްޙައިގެ މަޝްވަރާތައް ކުރިއަށްދަނިކޮށް، ލުބްނާންގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރަމުންދިޔަ ޔަހޫދީ ސިފައިންގެ ދެ މީހުން މަރުވެއްޖެއެވެ. ރައްދުގައި ޔަހޫދީ ސިފައިން ވަނީ ލުބްނާންގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއްދީ އެކަކު ޝަހ…

އުކުޅަހަށް 2 ހެކްޓަރުގެ ބިން އިތުރުކޮށް ގޮނޑުދޮށް ހިމާޔަތްކުރަނީ

އއ. އުކުޅަހުން އިތުރު 2 ހެކްޓަރުގެ ބިން ހިއްކައި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިމަހު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އއ. އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަސްލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅ…

ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ޤަވާޢިދު ޢާންމުކޮށްފި

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާތުތައް ކަނޑައަޅައި، ބިމާ ބެހޭ ޤާނޫނުގެދަށުން އެކަމުގެ ޤަވާއިދު އެކުލަވާލައި އާއްމުކޮށްފިއެވެ. މި ޤަވާއިދު ހިންގާ ތަންފީޒުކުރާނީ ބިނާރާ ގެދޮރުވެރިކަމާއި ޢުމްރަނީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. މި ގަވާއިދު ހި…

އުކުޅަހަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ދަތުރުފުޅަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް…

މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި

ހުޅުމާލޭގައި ތަރައްޤީ ކުރަމުން އަންނަ "މަންހަޓަން ގްރޭންޑް ހޮޓެލް"ގައި އެކި ކަހަލަ ބައްދަލުވުންތައް ބޭއްވުމަށް ބުކިންއަށް ހުޅުވާލައިފިއެވެ. މަންހަޓަން ގްރޭންޑް ހޮޓެލް"ގެ މަސައްކަތް ކުރުމަށާއި އެތަން ހިންގުމަށް ހަވާލުކޮށްފައިވަނީ ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ. މަންހަޓަން ގްރޭންޑް ހޮޓެލުނ…

ފަރުމަސްވެރިކަމަށް ޚާއްޞަ ފުރަތަމަ އައިސް ޕްލާންޓު އުކުޅަހުގައި ޤާއިމުކުރަނީ

ފަރުމަސްވެރިކަމަށް ޚާއްޞަ ފުރަތަމަ އައިސް ޕްލާންޓު އއ. އުކުޅަހުގައި ޤާއިމުކުރުމަށް ނިންމައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އުކުޅަހުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 5 ޓަނު އައިސްޕްލާންޓެކެވެ. ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ އަދި ފަރުމަސްވެރިން ގިނަ އުކުޅަހުގ…

Loading fresh headlines…