Live 12,065 stories Updated Aug 10, 2026
Showing: PSM
Browse topics PSM

PSM

Live feed

އެމްބަރފިޝް ހުއިފިލަނޑާ ބޭރު ކުރުމަށް މަޝްވަރާކޮށްފި

ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ "އެމްބަރފިޝް ސީކިއުކަންބާ" ނުވަތަ ކަޓްޗަލަ ބޭރު ކުރުމާއި ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެކްސްޕޯޓަރުންނާއެކު މަޝްވަރާކޮށްފިއެވެ. މި ބާވަތުގެ ހުއިފިލަނޑާއަކީ، ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މުއާހަދާ ނުވަތ…

ވަޒީރު ސަޢީދުގެ އިތުބާރުގެ މައްސަލަ: ބަހުސްކުރުމަށް 2 ގަޑިއިރު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތުގެ ގޮތުގައި 2 ގަޑިއިރު ކަނޑައަޅައިފިއެވެ. ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ …

ރައީސްގެ އަރިހަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން، ސާކްގެ ސެކްރެޓަރީ ޖެނެރަލް، ގޯލަމް ސަރުވާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެ…

"މާޒިޔާގެ ޒުވާން ކުޅުންތެރިންނަށް އޮތީ ޕްރެޝަރެއް ނޫން، މެނޭޖްމަންޓުގެ އުއްމީދު"

ދިވެހި ފުޓުބޯޅައިގެ ގަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސްކޮޑުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް އޮތީ ބޮޑު ޕްރެޝަރެއް ނޫންކަމަށާއި، އެ ކުޅުންތެެރިންނަށް އޮތީ ކުލަބުގެ މެނޭޖްމަންޓުގެ އިތުބާރުކަމަށް ސީނިއަރ ޓީމުގެ އެސިސްޓަންޓް ކޯޗު، އިބްރާޙީމް ސައީދު (ކަކާ) ބުނެފިއެވެ. "ޕީއެސްއެމް ނިއުސް"…

"ވަޒީފާގެ ބާޒާރަށް އޮތް ގޮންޖެހުމަކީ ވަޒީފާ ނެތް ދާއިރާތަކުން ތަޢުލީމު ހާސިލުކުރުން"

މިވަގުތު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާނެތް ދާއިރާތަކުން ތައުލީމު ހާސިލުކުރުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާ…

ޖުލައި މަހު ހުޅަނގު އައްސޭރީގައި ނޫސްވެރިންނަށް ހަމަލާދިނުމުގެ 108 ހާދިސާ

ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި މަސައްކަތްކުރާ ނޫސްވެރިންނާއި މީޑިއާ އެހީތެރިންނަށް އަމާޒުކޮށް ޔަހޫދީ ސިފައިންނާއި ހައްދުފަހަނަ އެޅި ޔަހޫދީ ވަޒަންވެރިން ޖުލައި މަހުގެ ތެރޭގައި 108 ހަމަލާއެއް ދީފައިވާ ކަން ފަލަސްޠީނުގެ ނޫސްވެރިންގެ ޖަމުޢިއްޔާއިން ހާމަކޮށްފިއެވެ. އެ …

ސާއިދަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެނީ، އެދެނީ ހެޔޮ ދުޢާ

ޕީއެސްއެމްގެ ނިއުސްރޫމުގައި މަސައްކަތް ކުރާ ހިތްވަރުގަދަ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދުގެ ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. ސާއިދަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހާލު ދެރަވުމާގުޅިގެންނެވެ. ކިޑްނީ ބައްޔަށ…

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާގުޅޭ ބިލު ދިރާސާކުރަން ކޮމިޓީއަށް

ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީއެވެ. މި ބިލުގައި އެކި ބޭނުންތަކަށް …

ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލުން ބިން ނެގޭނެ އިސްލާހު މަޖިލީހުން ބަލައިގެންފި

ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެެވެ. "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރ…

އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ކުޅެން އޮތް މެޗު ފަސްކޮށްފި

އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ އެންމެފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ. ޗެލެންޖް ލީގުގައި މާޒިޔާއިން ކުޅެން އޮތީ ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް، އަންގާރަ ދުވަހުގެ 15:00ގައެވެ. "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ލިބިފ…

ސޫރިޔާގެ ބަނދަރުތަކުގެ މުސްތަޤުބަލާމެދު ރަޝިޔާއާއެކު އެއްބަސްވުމަކަށް

އަށާރަ މަސް ދުވަހަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު، ސޫރިޔާގެ ޠަރްޠޫސްގައި ހުރި އަސްކަރީ ބަނދަރާއި، ޙުމަޔިމީމްގައި ހުރި އަސްކަރީ ވައިގެ މަރުކަޒުގެ މުސްތަޤުބަލާމެދު ސޫރިޔާއާއި ރަޝިޔާއިން އެއްބަސްވުމެއް އެކުލަވައިލައިފިއެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ މި ކަމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލާފައި…

މަހާޖައްރާފުތައް ސާވިސްކުރެވޭނެ ޑްރައިޑޮކިންގ ފެސިލިޓީއެއް ހަދަނީ

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިންގ ފެސިލިޓީއެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ. މި މަޝްރޫއަކީ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ބޭރު ފައިސާއިން ކުރަނ…

Loading fresh headlines…