Live 12,056 stories Updated Aug 14, 2026
Showing: PSM
Browse topics PSM

PSM

Live feed

ކުރީގެ ރައީސުން ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ތަހުނިޔާ ފޮނުއްވައިފިއެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރު…

"ޕާކިސްތާންގެ ގުޅުމަށް ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދޭނެ"

ޕާކިސްތާނާއެކު އޮތް ޒަމާންވީ ގާތް ގުޅުމަކީ ރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަމެއް ދޭ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ޕާކިސްތާނުގެ މިނިވަން ދުވަހާއި ގުޅިގެން މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރ…

ނިމުނު ހަފުތާ: މާލީ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު ފިޔަވަޅުތަކެއް

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (13 އޮގަސްޓު) އެގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ފަށްޓަވާ "ރައްޔިތުންގެ އަޑު" ޕްރޮގުރާމު ފަށާފައިވަނީ މިދިޔަ ބުރާ…

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ނިލަންދުއަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ފ. ނިލަންދުއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑްތަކުން ދައްކައިފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު ރެކޯޑުކުރަމުންނެވެ. އެ އިދާރާއިން ވިދާޅުވީ، …

ޓެނިސް ނައިޓުގައި ގިނަ އެވޯޑްތަކެއް

ރާއްޖޭގެ ޓެނިސް ކުޅުންތެރިން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށް ހޯދާފައިވާ ކާމިޔާބީތަކާއި ޓެނިސް ކުރިއެރުވުމަށް އެކި ފަރާތްތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ޓެނިސް ނައިޓް ބާއްވައިފިއެވެ. މި ހަފްލާ ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ޤައުމީ ޓެނިސް ސެންޓަރުގައެވެ.…

"ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ ދިވެހިންގެ ހިތްވަރުގެ މިސާލެއް"

އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ، ދިވެހީންގެ ކެރުމާއި ހިތްވަރުގެ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލ…

މޯލްޑިވްސް ހާފް މެރަތަން ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި

މޯލްޑިވްސް އައި ރަނާސްއިން އިންތިޒާމުކުރި މޯލްޑިވްސް ހާފް މެރަތަން 2026 ހުޅުމާލޭގައި ބާއްވައިފިއެވެ. ފަސް ކެޓަގަރީއަކުން ދެހާހަށްވުރެ ގިނަ ދުވުންތެރިން މި މެރަތަންގައި ދުވެފައިވާއިރު، ހާފް މެރަތަން އާއި 15 ކިލޯމީޓަރު ދުވުން ފަށާފައިވަނީ ފަތިހު 05:15 ގައެވެ. އަދި ހެނދުނު 06:00 ގައި "ޓަފް ޓެން" ގެ ދ…

އެޓޯލް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުގައި ނައިވާދޫއިން ނޭކުރެންދޫ ބަލިކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ހދ. އަތޮޅުގެ މުބާރާތުގެ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ނައިވާދޫއިން ނޭކުރެންދޫގެ މައްޗަށް ކުރިހޯދައިފިއެވެ. ހދ. އަތޮޅުގެ މެޗުތައް ކުޅޭ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނު މި …

ހާލަންޑަށް، 4 ގިނިސް ވޯލްޑް ރެކޯޑެއް

ގިނިސް ވޯލްޑް ރިކޯޑްސްގެ 4 ރިކޯޑެއް އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ ނޯވޭގެ ބައިނަލްއަޤްވާމީ ފޯވަޑް އާލިންގ ހާލަންޑް ގާއިމްކޮށްފިއެވެ. ގިނިސް އިން ވަނީ މިހަތަރު ރިކޯޑާއި ގުޅޭ ސަރޓިފިކެޓްވެސް ހާލަންޑަށް ރޭ ހަވާލުކޮށްފައެވެ. ޕްރިމިއަރ ލީގުގެ އާ ސީޒަނާއި ހާލަންޑް ކުރިމަތިލާއިރު މި…

ޔުނައިޓެޑަށް އިތުރު ކުޅުންތެރިން ބޭނުންވޭ: ކެރިކް

އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑް ވަރުގަދަ ކުރަން ބޭނުންނަމަ އިތުރު ކުޅުންތެރިން ބޭނުންވާކަމަށް އެޓީމުގެ ކޯޗު މައިކަލް ކެރިކް ބުނެފިއެވެ. ކެރިކް ބުނީ މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި އެކުލަބުން ރަނގަޅު ފައިދާ ހުރި ވިޔަފާރިތަކެއް މިހާތަނަ…

ލަލީގާގެ އާސީޒަންގެ ފެށުން މާދަމާ

ސްޕެނިޝް ލަލީގާގެ އައު ސީޒަން މާދަމާ ރޭ ފެށުމަށް ތައްޔާރުވެފައިވާއިރު ފުރަތަމަ ހަފްތާގައި ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ފެނިގެނެއް ނުދާނެއެވެ. ލަލީގާގެ އައު ސީޒަނާއި ކުރިމަތިލާއިރު މިފަހަރުވެސް އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދާނީ ބާސާ އާއި ރެއާލްގެ މެދުގައިކަން ގިނަ ބަޔަކު އަނ…

މިއަދު މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެ

މިއަދު މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ފަތިހު 5:00 އިން ހެނދުނު 10:00 އަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ބޯކޮށް ވ…

Loading fresh headlines…