Live 9,530 stories Updated Jun 13, 2026
Showing: PSM
Browse topics PSM

PSM

Live feed

ތައިލެންޑު ރަސްގެފާނުގެ ދަރިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

ތައިލެންޑު ރަސްގެފާނުގެ ދަރިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، އެކަމަނާ އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމަޔަކާއެކުގައި ކަމަށެވެ. އަދި ތައިލޭންޑަށް އެކަމަނާ ކޮށްދެއްވި އ…

މަރުޙޫމް އަޙްމަދު މޫސާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ

ފ.ނިލަންދޫއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ނިލަންދޫ، އަތިރީގޭ އަލްމަރުޙޫމް އަޙްމަދު މޫސާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ޕޯސްޓުގައި އަޙްމަދު މޫސާ ނިލަންދޫގެ ކަތީބުކަމުގައި އެރަށަށް ކަތީބު ދޮންބެ ކޮށްދެއްވި އަގުހުރި ޚ…

މިރޭ 9އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މިރޭ 9:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށެވެ. ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭގެ 21:00 އާ ހަމައަށެވެ. މެޓް އޮފީހުން…

ވަޒީރު އިރުތިޝާމް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ވަޒީރުގެ މި ދަތުރުފުޅަކީ ޗައިނާގެ ކުންމިންގގައި މި މަހުގެ 11 ން 12 އަށް ބޭއްވި 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ…

ޕެރަގުއާއީގެ މެޗުވާނީ ވަރަށް އުނދަގޫ މެޗަކަށް، ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ: އެމެރިކާ ކޯޗު

ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހެނދުނު މުބާރާތް ބާއްވާ އެއްޤައުމު ކަމަށްވާ އެމެރިކާ އިން ޕެރަގުއާއީ އާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށާއި އެހެން ކަމުން އެމެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމުގައި އެމެރިކާ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހާމަކޮށްފިއ…

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލުން ފަށައިފި

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު 14:30ގައެވެ. އެމްޑީޕީން ބުނީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރު 14:30 އިން ރޭގަނޑު 20:30 އާ ހަމައަށްކަމަށެވެ. އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކ…

މިފަހަރުގެ ވޯލްޑް ކަޕްގައި ކެނެޑާއި ބޮސްނިއާ ތަމްސީލް ކުރެވޭތީ މިދެޤައުމު ވަރަށް ހިތްހަމަ ޖެހިފަ

ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެޑާ އާއި ބޮސްނިއާ އެންޑް ހަރޒެގޮވީނާ މިރޭ ދަންވަރު ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ ވާރލްޑް ކަޕްގައި މިދެ ޤައުމު ތަމްސީލް ކުރެވޭތީ ވަރަށް ހިތްހަމަ ޖެހިފައިތިބިކަމަށް މިދެ ޤައުމުގެ ކޯޗުން ހާމަކޮށްފިއެވެ. މުބާރާތް ބާއްވާ އެއް ޤަައުމުކަމުގައިވާ …

ޔުނާން ޕްރޮވިންސްގެ ގަވަރުނަރާއެކު މުހިންމު މަޝްވަރާތަކެއް

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތަށް ވަޒީރު އިރުތިޝާމު ޝުކުރު އަދާކުރެއ…

މާލެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މާލޭގެ މަގުތަކުން ފެންބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނީ 3 ސަރަހައްދެއްގައިކަމަށެވެ. އެއީ މާފަންނު ވެސްޓް …

16 އަހަރަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިވެ ޕެރަގުއައީ މިހާރުވެސްވަނީ ހާއްސަކަމެއް ހާސިލްކޮށްފަ: އަލްފާރޯ

16 އަހަރަށް ފަހު ފީފާ ވާރލްޑް ކަޕުން ޖާގަހޯދާ އޭނާގެ ކުޅުންތެރިން މިހާރުވެސް ހާއްސަކަމެއް ހާސިލްކޮށްފައިވާ ކަމަށް ޕެރަގުއާއީގެ ކޯޗު ގުސްޓާވޯ އަލްފާރޯ ހާމަކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ޑީގައި މުބާރާތް ބާއްވާ އެއްޤައުމު ކަމަށްވާ އެމެރިކާ އާއި ބައްދަލުކުރާ މެޗުގެ …

ހަމަލާތައް މެދުކަނޑައިލަން ޓްރަމްޕް އަނެއްކާވެސް ނިންމަވައިފި

އީރާނުގެ ތެލުގެ ސިނާއަތް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް، ޙަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެ ޤައުމަށް ދޭން ރާވާފައިވީ އައު ޢަސްކަރީ ޙަމަލާތައް ހުއްޓައިލަން އަމުރުކުރައްވައި، ސުލްޙައިގެ މަޝްވަރާތަކުން ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމުގައި އެމެރިކާގ…

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަ…

Loading fresh headlines…