Live 12,041 stories Updated Aug 19, 2026
Showing: PSM
Browse topics PSM

PSM

Live feed

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 31ގައި

ސަރުކާރާއި ރައްޔިތުން ހިއްސާވާ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 08:30 ގައި ހޮޓެލް ޖެންގައެވެ. އެމްޓީޑީ…

ބޭރު ކޮންޓްރެކްޓަރުން ދައްކާ ޓެކްސް %10އަށް ބޮޑުކުރަން މަސީން ތާޢީދު

ބޭރު ކޮންޓްރެކްޓަރުން އަތުން ނަގާ ޓެކްސް ރޭޓް %5އިން %10އަށް އިތުރުކުރުމަކީ ހެޔޮ ބަދަލެއް ކަމަށާއި އެކަމަށްޓަކައި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ޝުކުރު އަދާކުރައްވައިފިއެވެ. ބޭރު ކޮންޓްރެކްޓަރުން ދައްކާ ވިތްހޯލްޑިންގް ޓެކްސްގެ އަދަދު ފުރަތަމަ އޮތީ %10…

ކަސްޓަމްސް ވަޒީފާއަށް ވަތަނީ ޚިދުމަތުގެ ކުދިންނަށް ކުރިމަތިލެވޭނެ

ދިވެހި ވަތަނީ ޚިދުމަތް ފުރިހަމަކޮށްފައިވާ ކުދިންނަށްވެސް ކުރިމަތިލެވޭ ގޮތަށް ކަސްޓަމްސްއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ. ޒުވާނުންނަށް އިސްކަންދޭ ގޮތަށް ވަޒީފާއަށް މީހުން ނަގަން ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ވިދާޅުވީ، އެ އިދާރާއިން ޤާއިމްކޮށްފައިވާ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް…

3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަނެވިފައިވަނީ 3207 ގުރާމުގެ ކެނަބިސް ބާވަތުގެ މަސްތުވާތަކެތި ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު، ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެ…

ކަޕް ވިނާސް ކަޕް ފައިނަލް: މާޒިޔާއާއި ނިއުގެ ވާދަވެރިކަމުގެ އިތުރު ޞަފްޙާއެއް

ކަޕް ވިނާސް ކަޕަކީ ދިވެހި ފުޓުބޯޅައިގެ ދިގު މާޒީއެއް އޮތް، ޝަރަފުވެރި މުބާރާތެކެވެ. ކުލަބުތަކުން ތަށްޓަށް ވާދަވެރިކަމާއެކު ތައްޔާރުވި، ތަށީގެ ވާދަވެރިކަން ބޮޑު، ހައިބަތު ބޮޑު މުބާރާތެކެވެ. 18 އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި އަލުން މި މުބާރާތް ފަށާފައިވާއިރު، މިފަހަރުގެ މުބާރާތް ފާހަގަކުރެވ…

މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމައަށް އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިންގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 27ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްކޮށްފިއެވެ. މިއީ މި ދައުރުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ…

އަންނަ އަހަރު މަޖިލީހަށް 227 މިލިޔަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ ގޮތުގައި 227 މިލިޔަން ރުފިޔާ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ. އާންމު ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ، ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ އިދާރާއިން އާންމު ކޮމިޓީގަ…

އެއް ދުވަސް މަތިން މޮސްކޯއަށް 620 ޑްރޯން ހަމަލާ

ރަޝިއާގެ ވެރިރަށް މޮސްކޯއަށް އަމާޒުކޮށް ޔޫކްރެއިނުން އެއް ދުވަސް ތެރޭގައި 620 އެއްހާ ޑްރޯން ހަމަލާދީފައިވާ ކަން ރަޝިއާގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ. މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔޫކްރެއިނުން ދީފައިވާ އެންމެ ވަރުގަދަ ހަމަލާތަކެވެ. މޮސްކޯގެ މޭޔަރު ސިރްގިޔޭ ސައިބިޔާނިއަން ވިދާޅުވީ، އޮގަސްޓ…

ބްރެޒިލްގެ ކޮރިންތިއަސްގައި މަޑުކުރަން ޑިޕާއީ މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ

ބްރެޒިލްގެ ކޮރިންތިއަސްގައި މަޑުކުރަން ނެދަލެންޑްސްގެ ފޯވާޑް މެމްޕިސް ޑިޕާއީ މުސާރަ ކުޑަކުރަން އެއްބަސްވެއްޖެއެވެ. ޑިޕާއީ މުސާރަ ކުޑަކުރަން އެއްބަސްވީ އޭނާގެ މުސާރައިގެ ސަބަބުން ކޮރިންތިއަސްއަށް އެއްބަސްވުން އާކުރެވެން ނެތުމުންނެވެ. ޑިޕާއީ މުސާރަ ކުޑަކުރަން އެއްބަސްވުމުން, ކޮރިންތިއަންސް އިން މިހާ…

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ވިޔަފާރި ފަށަން ޚާއްޞަ ފަންޑެއް

ސަރުކާރު ހިއްސާވާ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް އަމިއްލަ ވިޔަފާރި ފަށަން ފަންޑެއް ޤާއިމުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައް…

މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 56.8 މިިލިޔަން ރުފިޔާގެ އެހީ

މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންސްޕާއިން 56.8 މިިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދީފިއެވެ. މިއީ މިދިޔަ ޖޫންމަހާ އަޅާބަލާއިރު މަދު އަދަދެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި މިދިޔަ ޖޫން ދޫކުރީ 57.9 މިލިޔަން ރުފިޔާއެވެ. އެންސްޕާގެ ތަފާސްހ…

Loading fresh headlines…