Live 11,988 stories Updated Aug 25, 2026
Showing: PSM
Browse topics PSM

PSM

Live feed

މިދިޔަ އަހަރު އެމްޓީސީސީއަށް 85 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 85 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުގައި، ނިމިދިޔަ އަހަރާ އަޅާބަލާއިރު، ޓެކްސް އުނިކުރު…

ވިލާތުގެ އިއްތިޙާދުން ޔޫކްރެއިނަށް އިތުރު 6.1 ބިލިޔަން ޔޫރޯ

ޔޫކްރެއިންގެ ދިފާއީ ބާރު ވަރުގަދަކުރުމަށްޓަކައި 6.1 ބިލިއަން ޔޫރޯގެ މާލީ އެހީ ދިނުމަށް ވިލާތުގެ ކޮމިޝަނުން ފާސްކޮށްފިއެވެ. ރަޝިއާއިން ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންދާ މި ދަނޑިވަޅުގައި، ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލާއި ހަތިޔާރުގެ އިތުރުން ރާޑަރު ފަދަ ޒަމާނީ ދިފާއ…

ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާބެހޭ ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާ ބެހޭ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބާސެލޯ ނަސަންދުރާގައި ކުރިއަށްދިޔަ މި ފޯރަމްގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތަކުން …

އެންމެ ބޮޑު ވަޤްފު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކުރުމަށާއި، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށްގެނ…

ހުރްމުޒްގެ ޤަވާއިދާ ޚިލާފުވި 45 ޓޭންކަރެއް ބްލެކް ލިސްޓުކޮށްފި

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް އީރާނުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ ޚިލާފުވެފައިވާ 45 ޓޭންކަރެއް ބްލެކްލިސްޓުކޮށް، އެ އުޅަނދުތަކާ މުޢާމަލާތްކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައަށ…

ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ރާއްޖެއިން ކުރާ މަސައްކަތަށް ސަފީރު ހާއޯގެ ތަޢުރީފް

ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ރާއްޖެއިން ކުރާ މަސައްކަތަށް، އދ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާއޯ ޖަންގް ތަޢުރީފްކުރައްވައިފިއެވެ. ސަފީރު އެފަދައިން ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާބެހޭ ފޯރަމް އާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސް އަ…

ރާއްޖޭގެ ތަރައްޤީއަށް އދ.އާއެކު މަސައްކަތް ކުރުމަށް 5 އަހަރުގެ އޮނިގަނޑެއް

ދެމެހެއްޓެނިވި ތަރައްޤީ ކުރިއަރުވައި، ލަނޑުދަނޑިތައް ހާސިލްކުރުމަށް އދގެ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދުމާ ގުޅޭ ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަރައްޤީގެ އަމާޒުތައް ހާސިލްކުރުމުގައި އދ. 16 އި…

716 ހެކްޓަރު ހިއްކައިފި: އެންމެ ބިން ބޮޑު ރަށަށް ރަސްމާލެ!

ހިއްކަން ޖެހޭ މިންވަރުގެ 60 އިންސައްތައަށްވުރެ ބޮޑުބައެއް ހިއްކާ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކަށް ރަސްމާލެ ވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރަސްމާލެ މަޝްރޫޢަކީ، ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވ…

ކައުންސިލުތަކަށް މުވައްޒަފުން ނުލިބޭނަމަ އަތޮޅުގެ ރަށަކުން ނެގޭ ގޮތް ހަދައިފި

އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި އެ އަތޮޅެއްގެ އެހެން ރަށެއްގެ މުވައްޒަފެއް ވަޒީފާއަށް ނެގޭ ގޮތަށް ހަދައިފިއެވެ. ސިވިލްސަރވިސް ކޮމިޝަނުން ވަނީ، އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތ…

"މާލީ އެހީ ދިނުމުގައި ޖަޒީރާ ޤައުމުތަކަށް ޚާއްސަ އުސޫލެއް ބޭނުންވޭ"

ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް ބިން ބޮޑު އެހެން ޤައުމުތަކާއި ތަފާތުކަމަށާއި، މާލީ އެހީ ފޯރުކޮށްދިނުމުގައި މިފަދަ ކަންކަން ހިމެނޭނެ ގޮތަށް ސިޔާސަތުތައް އެކުލަވާލަން ޖެހޭ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވ…

ވިހެއުމުގެ ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލައަށް ހައްލެއް

ވިހެއުމަށް ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރަން ސިވިލް ސާވިސް ކޮމިޝަނުން އުސޫލަށް ބަދަލު ގެނެސްފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ވަނީ، ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް…

ވިސިޓް މޯލްޑިވްސްގެ އެމްޑީގެ މަޤާމުން ޝިއުރީ އިސްތިއުފާދެއްވައިފި

ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އިބްރާޙިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ. ޝިއުރީ އިސްތިއުފާދެއްވި ސަބަބެއް އަދި ހާމައެއްނުކުރައްވައެެވެ. ޝިއުރީ އެ މަޤާމަށް އައްޔަނު ކުރެއްވީ، 2024ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. މަޤާމުގައި ހުންނަވާ ޝިއުރީ ވަނީ، ރާއްޖޭގެ ފަތ…

Loading fresh headlines…