Live 11,986 stories Updated Aug 26, 2026
Showing: PSM
Browse topics PSM

PSM

Live feed

ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރަން އޭދަފުށީގައި ޚާއްޞަ ހަރަކާތްތަކެއް

މިއަހަރުގެ ޤައުމީ މާމަކާފަ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން ބ. އޭދަފުށީގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެންބަރު މަހުގެ 1 އިން…

ވޮޓްކިންސް ފަރިތަކުރުންތަކަށް އެނބުރި އައިސް މައާފަށް އެދިއްޖެ

އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށް ކުޅޭ އިންގްލަންޑްގެ ފޯވަޑް އޮލީ ވޮޓްކިންސް ކްލަބްގެ ފަރިތަކުރުންތަކަށް އެނބުރި އައިސް ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުން މައާފަށް އެދިއްޖެއެވެ. ވޮޓްކިންސްވަނީ އޭނާ ވިލާ ދޫކޮށް ދާން ބޭނުންވާކަން ހާމަކުރުމާއެކު އެޓީމުގެ ފަރިތަކުރުންތަކުގައިވެސް ބައިވެރ…

"އަދަދު ނޫހުން އެދުނު އަމުރު ނެރެދެވޭކަށް ނެތް"

އަދަދު ނޫހުން ކްރިމިނަލް ކޯޓުގައި އެދުނު، މުދާ ހޯދުމުގެ އަމުރު ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ. 27 އެޕްރިލް 2026ގައި ފުލުހުން އެ އޮފީސް ބަލާ ފާސްކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް 20 އައިޓަމެއް ގެންގޮސްފައިވެއެވެ. އަދި އެ ތަކެތި އަނބުރާ ހޯދަން 17 މޭއިގައި އަދަދު ނޫހުނ…

ޔަހޫދީން ޣައްޒާގެ 1000 އަށްވުރެ ގިނަ މިސްކިތް ބިމާހަމަކޮށްފި

އޮކްޓޫބަރު 2023 ގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގެ ތެރޭގައި، މިހާތަނަށް 21,500 އަށްވުރެ ގިނަ ފަލަސްޠީނުގެ ކުޑަކުދިން ޝަހީދުކޮށް، ޣައްޒާގައި ހުރި 1,275 މިސްކިތުގެ ތެރެއިން 1,244 މިސްކިތަކަށް ހަމަލާދީފައިވާ ކަމަށް އެ ސަރަޙައްދުގެ…

"ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވާނަން"

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލުގެ ބޭނުމަކީ ނުޙައްޤުން ހޯދާ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއ…

މިދިޔަ ހަފުތާގައި ސްކޭމްގެ 39 މައްސަލަ

މިދިޔަ ހަފުތާގައި ސްކޭމުގެ 39 މައްސަލަ ހުށައަޅާފައިވާ ކަމަށާއި، މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ 48.66 އިންސައްތަ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފުލުހުންގެ ޚިދުމަތުން އ…

އޭއައިބީޑީގެ 24 ވަނަ ޖެނެރަލް ކޮންފަރެންސްގައި ޕީއެސްއެމް

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީގެ 24 ވަނަ ޖެނެރަލް ކޮންފަރެންސް އަދި އެއާއި ގުޅުންހުރި ބައްދަލުވުންތަކުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ބައިވެރިވެއްޖެއެވެ. މިމަހުގެ 24އިން ފެށި މިބައްދަލުވުން މާދަމާގ…

"ޕަލާއު އާއި ރާއްޖެއަށް، ޕްރައިވެޓް ސެކްޓަރގައި ގުޅިގެން ކުރެވޭނެ ފުރުސަތު ގިނަ"

ރާއްޖެ އާއި ޕަލާއުއާ ދެމެދު، ޕްރައިވެޓް ސެކްޓަރގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތައް ވަރަށް ގިނަކަމަށާއި، އެ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ކުރަންޖެހޭކަމަށް، ޕަލާއުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، ޏިގިރައިބެލަސް ތުމެތުޗުލް ވިދާޅުވެއްޖެއެވެ. ޕ…

ބޮޑެތި ޤައުމު ތަކުން ކުދި ޤައުމުތަކަށް ރަނގަޅުގޮތް ވާކަށް ނޭދޭ: އިންފަންޓީނޯ

މާލީގޮތުން ތަނަވަސްކަން ލިބިފައިވާ ބޮޑެތި ޤައުމުތަކުން އެކަމުގެ ތަނަވަސްކަން ނެތް ކުދި ޤައުމުތަކަށް ރަނގަޅުގޮތް ވާން ނޭދޭކަމުގައި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ޑޮމިނިކަން ރިޕަބްލިކްގައި ކެރީބިއަން ފުޓްބޯލް ޔޫނިއަން، ސީއެފްޔޫގެ މ…

ގްލޯބަލް ބީޗު ދުވަހާއި ގުޅުވައިގެން މޯޕާއިން ސާފުކުރުމުގެ ހަރަކާތެއް

ބައިނަލްއަޤުވާމީ ގޮނޑުދޮށްތައް ސާފުކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް، މޯޕާއާއި ސްރީލަންކާ ހައިކޮމިޝަން ގުޅިގެން ހުޅުމާލޭގައި ގޮނޑުދޮށް ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގެ ދަށުން ސާފުކޮށްފައިވަނީ، ހުޅުމާލޭގެ ދިރާގު ބީޗާއި …

ދުނިޔޭގެ ބާޒާރުގައި ތެލުގެ ދެބައިކުޅައެއްބައި އަންނަނީ ހަނގުރާމައިގެ މައިދާންތަކުން

ނިރުބަވެރި ޞިހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހަ ވަނަ މަހަކަށް ދެމިގެންގޮސްފައިވާއިރު، ދުނިޔޭގައި ބޭނުންކުރާ ތެލުގެ ސަޕްލައިގެ ދެބައިކުޅައެއްބައި މި ވަގުތު ފޯރުކޮށްދެމުން ދަނީ ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުން ކަމުގައި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވ…

ރޯމާއިން ފަސޭހަ ކަމާއެކު ފިއޮރެންޓީނާ ބަލިކޮށްފި

އިޓާލިއަން ސެރީއާގައި އޭއެސް ރޯމާ އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ރޯމާއިން ކާމިޔާބު ކޮށްފިއެވެ. ރޯމާގެ ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު ސުން ލަނޑުންނެވެ. 67 ހާސް 598 ކުޅިބެލުންތެރިން ކުރިމަތީ ކުޅުނު މިމެޗުގައި ގިނައ…

Loading fresh headlines…