Live 11,981 stories Updated Aug 27, 2026
Showing: PSM
Browse topics PSM

PSM

Live feed

ބުއާދީ ސިޓީއަށް ސޮއިކޮށްފި

ފްރެންޗް ލީގު އާންގެ ލީލްއަށް ކުޅެމުންދިޔަ އުމުރުން 18 އަހަރުގެ އައްޔޫބު ބުއާދީ އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ. މޮރޮކޯގެ ބައިނަލްއަޤްވާމީ މިކުޅުންތެރިިޔާ ސިޓީއަށް ސޮއިކޮށްފައިވަނީ 85.6 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން މިއެއްބަސްވުމުގެ ދަށުން…

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް ޓީޓީއެމްގެ 10 ވަނަ އެޑިޝަން ފަށައިފިއެވެ. މި ފެއާ ކުރިއަށްދާނީ، މާދަމާގެ ނިޔަލަށެވެ. ދެ ދުވަހުގެ މުއްދަތަށް މާލޭގެ ބާސެލޯ ނަސަންދުރާގައި ކުރިއަށްގެންދާ މި ފެއާގައި 130 އަށްވުރެ ގިނަ ރިސޯޓާއި، ރާއްޖެއަށް އެންމެ ގިނައިން…

ބޯހިޔާވަހިކަމުގެ ފޯމުގައި ފުށުއެރުމެއްވާނަމަ ޖަވާބުދާރީވުމަށް 21 ދުވަސް

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަންގެ ތެރެއިން ފޮނުވާ ނޯޓިސްއަށް ޖަވާބުދާރީވުމަށްދޭ މުއްދަތު އިތުރުކޮށްފިއެވެ. ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 58،585 ފޯމު ހުށަހަޅާފައިވެއެވެ. މިހާރު ކުރިއަށްގެންދަނީ ފޯމުތައް ވެރިފައި ކުރުމުގެ …

ޤައުމީ ޤުރުއާން މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް އަންނަމަހު

ކީރިތި ޤުރުއާން ހިތުދަސް ކުރުމަށާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީފައިނަލާއި ފައިނަލް ބުރުގެ ކިޔެވުން އަންނަމަހު ކުރިއަށްދާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖ…

ތިމަރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ތ. ތިމަރަފުށި މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ. ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ، 2019 ވަނަ އަަހަރުގެ ޑިސެންބަރު މަހުގެ 31 ގައެވެ. މިއީ، 75,704,226.92 މި…

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްޤީ ކުރުމުގެ މަޤުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026"ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި…

ސިޓީގެ އޮމަރް މަރްމޯޝް ޓޮޓްނަމް އަށް, ގޮންޒަލޭޒް ނިއުކާސަލް އަށް!

މެންޗެސްޓަރ ސިޓީގެ އޮމަރް މަރްމޯޝް ޓޮޓްނަމް އަށް އަދި ނިކޯ ގޮންޒަލޭޒް ނިއުކާސަލް އަށް ބަދަލުވާން ތައްޔާރުވެއްޖެއެވެ. މީގެތެރެއިން އޮމަރް މަރްމޯޝް ޓޮޓްނަމްއަށް ބަދަލުވުމުގައި މިހާރު އޮތީ މެޑިކަލް ފުރިހަމަ ކުރުމެވެ. އަދި ނިއުސާލް އިން ވަނީ ގޮންޒަލޭގް ގަތުމަށް އެއްބަސވުމަކަށް އައިސްފައެވެ. ސިޓީން މިސް…

އިސްލާމްއާބާދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް، ޕީއައިއެމްއެސްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާގެ މެސެޖު ފ…

އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު ފާސްކޮށްފި

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ހުށަހެޅުއްވި ބިލެކެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، 47 މެންބަރުންގެ ވޯޓުންނެވެ. …

މިޔަންމާގައި އިންސާނީ ހައްޤުތަކުގެ ހާލަތު ގޯހުން ގޯހަށް!

މިޔަންމާގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު ކުރިން ނުވެއްޓޭހާ ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމުގައި އެކުވެރި ދައުލަތްތަކުން (އދ) އިންޒާރު ކޮށްފިއެވެ. ދެހާސް ފަންސަވީސް ވަނަ އަހަރުގެ ޖޫން މަހާއި 2026 މޭ މަހާ ދެމެދުގެ ޙާލަތައް ރިޢާޔަތްކޮށް އދއިން އެކުލަވައިލި ރިޕޯޓެއްގައި ބުނެފައި ވަނީ، މިޔަންމާގެ އަސ…

ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ނިންމަން ޖެހެއެވެ. ނަމަވެސް މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް ހުރު…

ނޭޕާލުގެ ކޯރެއް ބަންޑުންވެ ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް

ނޭޕާލުގެ ހިމާލަޔާ ފަރުބަދަތަކުގެ ސަރަޙައްދުގައި ކޯރެއް ބަންޑުންވުމުގެ ސަބަބުން ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ، މަދުވެގެން 8 މީހުން މަރުވެއްޖެއެވެ. މި ޙާދިސާގައި މަގުތަކާއި، ބްރިޖުތަކުގެ އިތުރުން އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ނޭޕާލް ސަރުކާރުން މިހާރު ވަނީ ޙާލުގައި ޖެހިފައ…

Loading fresh headlines…