Live 11,971 stories Updated Aug 30, 2026
Showing: PSM
Browse topics PSM

PSM

Live feed

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 8 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި 8 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއަދު އިރުއޮއްސި 18:22 އެހައިކަންހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެ…

ހުވަދުއަތޮޅަށް ޚާއްސަކުރި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ކާމިޔާބު

ހުވަދުއަތޮޅުގެ ރަށްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދުއެވެ. މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަ…

އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 އޮ…

އައު ހަތިޔާރާއި އަސްކަރީ އުކުޅުތަކާއެކު އީރާނުން ހަނގުރާމައަށް ތައްޔާރު

ކުރިއަށް އޮތް ތަނުގައި އެމެރިކާއާއެކު ހިނގައިފާނެ އަސްކަރީ ކުރިމަތިލުމަކަށް ތައްޔާރުވުމުގެ ގޮތުން، އީރާނުން އައު ހަތިޔާރާއި ޒަމާނީ އަސްކަރީ ވަޞީލަތްތަކުގެ އިތުރުން ފަންނީ ޤާބިލުކަން އިތުރުކޮށްފައިވާ ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ. އީރާނުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު، ބްރިގޭޑިއަ…

އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް

ޤައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ހަވީރަކީ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުމުގައި އިންޖިނިއަރިންގ ދާއ…

ރަޝިއާއަށް އަމާޒުކޮށް ދުވާލަކު 1،000 ޑްރޯން ހަމަލާދޭން އަންގައިފި

ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްގެންދާތީ، ރަޝިޔާއަށް އަމާޒުކޮށް ދޭ ދުރުރާސްތާގެ ޑްރޯން ހަމަލާތައް ވަރުގަދަކޮށް، އިތުރުކުރުމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެޤައުމުގެ ސިފައިންނަށް އަންގަވައިފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ދެއްވި ޚާއްޞަ ޚިޠާބެއްގައި …

މައި ކިއު ސްޓަޑީޒް ފެއާ: ވަގުތުން ކޯހަށް ވަނުމުގެ ފުރުޞަތު

މެލޭޝިއާއަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ޔުނިވަރސިޓީތަކުގައި ހުރި ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދާ ސްޓަޑީ ފެއާއަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް މި ފެއަރ އިންތިޒާމްކުރާ މައި ކިއު ސްޓަޑީޒްއިން ބުނެފިއެވެ. މި ފެއާ ކުރިއަށްގެންދާނީ މިއަދު މެންދުރު 3:00އިން ރޭގަނޑު 10…

ލުބްނާންގެ 330,000 މީހުން އަދިވެސް ގެދޮރު ނެތި، ނިކަމެތި ޙާލުގައި

ލުބްނާންގެ ދެކުނުގެ ސަރަޙައްދުގައި ނިރުބަވެރި ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރަމުންދާއިރު، ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ގެއްލުވައިލާފައިވާ މީހުންގެ ތެރެއިން 330,000 އެއްހާ މީހުން އަދިވެސް ދިރިއުޅެމުން ދަނީ މަގުތަކާއި ވަގުތީ ހިޔާތަކުގައި، ނިކަމެތި ޙާލުގައި ކަމަށް އެކުވެރި …

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި މީހާ 15 ދުވަހަށް ބަންދު!

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހާގެ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. 15 ދުވަހަށް ބަންދުކޮށްފައިވަނީ ހުކުރުދުވަހު ހަވީރު 5:34 ހާއިރު ޗަންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ …

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ޚިދުމަތެއް ރަސްމީކޮށް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ޚިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ފެށި 3 ޚިދުމަތަކީ ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.

ނޭޕާލްގައި ފެންބޮޑުވުން: ގެއްލުންތަކަށް 5 ބިލިޔަން ޑޮލަރު

މި ހަފުތާގައި ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަނެ، އަލުން އާރާސްތުކުރުމަށް 4 ބިލިޔަން އެމެރިކާ ޑޮލަރާއި 5 ބިލިޔަން ޑޮލަރާ ދެމެދު ޢަދަދެއް ބޭނުންވާނެ ކަމުގައި އެ ޤައުމުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ހާމަކުރައްވައިފިއެވެ. އޭނާ ވިދާޅުވީ، މިއީ އެ…

ކުށްކޮށްގެން މުދާ ހޯދުން ނިމުމަކަށް ގެނައުމަށް މުހިންމު ޤާނޫނެއް!

ރާއްޖޭގައި ކުށްކޮށްގެން މުދާ ހޯދައި، އެއިން މަންފާ ހޯދާ މީހުން ތިބިކަމީ ދެކޮޅު ހެދޭނެ ކަމެއް ނޫނެވެ. ބައެއް މީހުން ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް މިފަދަ މުދާ ގެންގުޅެއެވެ. ރާއްޖޭގައި މިފަދަ މުދާ ދައުލަތަށް ނެގުމަށް ވަކި ޤާނޫނެއް ހެދިފައި ނެތުމަކީ ތަންފީޒީ އިދާރާތަކުން ފާޅުކުރަމުން އަންނަ ކަންބޮޑުވ…

Loading fresh headlines…