Live 129,606 stories Updated Sep 21, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެމެރިކާއަށް ޝަރުތުތަކެއް ހުށަހަޅައިފިން: އީރާން

ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިރާނުން ހުށަހަޅާ ޝަރުތުތައް މެދުވެރިން ލައްވައި އެމެރިކާއަށް އަންގާފައިވާ ކަމަށް އީރާނުން އާދިއްތަ ދުވަހު ބުނެފި އެވެ.

ސައޫދީއަށް ހަމަލާ ދިނަސް އެމެރިކާއަށް ހަމަލާ ނުދޭން ހޫތީން ވަނީ އެއްބަސްވެފައި: ޓްރަމްޕް

އިރާނުގެ މަދަދު ލިބޭ ޔަމަންގެ ހޫތީ ޖަމާއަތުން އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށްފައިވީ ނަމަވެސް، އެމެރިކާއަށް ހަމަލާނުދިނުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕާ ހަވާލާދީ އާދިއްތަ ދުވަހު ފޮކްސް ނިއުސްއިން ބުނެފި އެވެ.

ވާރޭ ވެހޭތޯ ބަލަން ލަންކާގެ ހާމުދުރުން ގޮވައިގެން އެއާފޯސްގައި ދަތުރުކޮށް ފެން ކިޔަވައިފި!

ސްރީ ލަންކާގައި ހަނަފަސްކަން ކުރިމަތިވެފައިވާ ސަރަހައްދުތަކަށް ވާރޭ ވެހޭތޯ ބަލަން އެ ގައުމުގެ ވައގެ ސިފައިން ބުޑިސްޓް ހާމުދުރުން ގޮވައިގެން ވައިގެ ތެރޭގައި ދަތުރުކޮށް، ކިޔަވާފައި ފެން އަޅައިފި އެވެ.

މުސްލިމުންނާ ދެކޮޅު ފިކުރު ވަރުގަދަ އިޓަލީގެ ސްކޫލްތަކުގައި މޫނުބުރުގާ މަނާކުރަނީ

މުސްލިމުންނަށް މިހާރުވެސް ގޮންޖެހުންތައް ބޮޑު އިޓަލީގެ ސްކޫލްތަކުގައި ބުރުގާ އާއި ނިގާބް މަނާކުރުން ވެސް ހިމަނައިގެން ސަރުކާރުން ގާނޫނީ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ހަރުކަށި ކަނާތުފިޔައިގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އިއުލާން ކުރައްވައިފި އެވެ.

ޖޫނިއާ ލައިފްގާޑް ޕްރޮގްރާމްގެ ޕައިލެޓް މަރުހަލާ ކާމިޔާބުކަމާ އެކު ނިންމާލައިފި

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭއެމްއެފްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "މޯލްޑިވްސް ޖޫނިއަ ލައިފްގާޑް ޕްރޮގްރާމް"، ޕައިލެޓް މަރުހަލާ ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ކޮންގްރެސްއާއެކު 2028 ގެ ކެމްޕެއިން ޓީމް އެކުލަވާލެވިއްޖެ: އަބްދުއްރަހީމް

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ކޮންގްރެސް ނިމުނުއިރު 2028 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ޓީމް އެކުލަވާލެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ މަޝްވަރާއަށް ފައިސަލް، އިބޫގެ އަރިހަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ތިނަދޫން ގަވާއިދާ ހިލާފަށް ބިންތަކެއް ދޫކޮށްގެން މޭޔަރު ސައުދާއި ކުރީގެ ތިން ކައުންސިލަރަކަށް ދައުވާ

ކައްކާ ގޭހުގެ ވިޔަފާރި ހިންގަން ގދ. ތިނަދޫން ގަވާއިދާ ހިލާފަށް ބިންތަކެއް ދޫކޮށް، ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ތުހުމަތުގައި މިހާރުގެ މޭޔަރު ސައުދު އަލީ އާއި ކުރީގެ ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވަން ނިންމައިފި އެވެ.

ގާތަކުގެ ތެރޭގައި ތާށިވި މީހާ އެދިގެން ފަރުވާ މެދުކަނޑާލައިފިން: އައިޖީއެމްއެޗް

މާލޭގެ އުސްފަސްގަނޑާ ދިމާލުން ތޮށިގަނޑުގައި ހުރި ގާތަކުގެ ތެރޭގައި ތާށިވި މީހާ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ ހޮސްޕިޓަލުން ގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

Loading fresh headlines…