Live 128,349 stories Updated Aug 6, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޔާމީންގެ ދައުރުގައި އެންމެ ބުރަ މަސައްކަތެއް ކުރެއްވީ ރައީސް މުއިއްޒު: ޝުޖާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.

ބޭރުގެ ނޫސްވެރިން ރަޖިސްޓްރީވާންޖެހޭ ގޮތަށް ޕާކިސްތާނުން ހަމަޖެއްސުމުން ކަންބޮޑުވުން

ބައިނަލްއަގުވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިން ރަޖިސްޓްރީވުމަށާއި، ޕާކިސްތާނުގެ މައި ތިން ސިޓީ ފިޔަވައި އެހެން ސަރަހައްދުތަކުގައި ނޫސްވެރިކަމުގެ މަސައްކަތް ކުރެވޭނީ ސަރުކާރުގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ސަރުކާރުން ހަމަޖެއްސުމާ އެކު، އިންސާނީ ހައްގުތަކާއި މީޑިއާގެ ހައްގުތަކާ ބެހޭ ޖަމާ…

ތިން މީހުން ކަނޑަށް ގެއްލުނީ އަޑިއަށް ދިޔަ ދޯނިން ދިޔަ ހިއްކަން ތިއްބާ

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ތިން މީހުން ގެއްލުނީ ގެނބެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު މިއަދު ބުނެފި އެވެ.

ލިވިން އެކްސްޕޯގެ އެމްއައިބީ ސްޓޯލުން 50،000ރ. ހޯދުމުގެ ފުރުސަތު

މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2026" ގައި އެމްއައިބީގެ ސްޓޯލަށް ދާ ފަރާތްތަކަށް 50,000ރ. ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޖީއެމްއެޗްގައި ލެބޯޓްރީ ސާމްޕަލް ނެގުން ގްރައުންޑް ފްލޯއަށް ބަދަލުކުރަނީ

އައިޖީއެމްއެޗްގެ ލެބޯޓްރީ ގްރައުންޑު ފްލޯއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް، އެންމެ ފުރިހަމަ ފަރުވާ އާއި އިތުބާރާ ދިމާލަށް

ބޮޑު އާބާދީއެއް ޖަމާވަމުން އައި ހުޅުމާލެ ހޮސްޕިޓަލަށް 21 އަހަރު ވި އިރު އެތަން އޮތީ "އައިސީޔޫއަށް" ލާން ޖެހޭ ހާލަތުގަ އެވެ. އެހާ ގިނަ ބަޔަކަށް އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތެއް ނުހޯދަ އެވެ. ހިދުމަތް ހޯދާ އާއްމުންނެކޭ އެއްގޮތަށް މިކަމަކީ އޭނާ ވެސް ވަރަށް ކަންބޮޑުވެވަޑައިގެންނެވި މައްސަލައެކެވެ.

ރައީސް މުއިއްޒަށް ސެލިއުޓް ހައްގު، 2028 ދޭންޖެހޭ: އަބްދުއްރަހީމް

މި ސަރުކާރުގެ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަންކަމަކީ އެ މަނިކުފާނަށް ސެލިއުޓް ހައްގުވާ މަސައްކަތްތައް ކަމަށާއި 2028 ވަނަ އަހަރު ރިޔާސީ ދެ ވަނަ ދައުރެއް ރައީސަށް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސްގެ ކަންކަން ނިންމާނީ އެހެން ބަޔަކު ބޭނުންވާ ގޮތަކަން ނޫން، އުސޫލުގެ ތެރެއިން: އަބްދުއްރަހީމް

ޕީއެންސީގެ އިންތިހާބުތަކާއި އެ ޕާޓީގެ ނިންމުންތައް ނިންމާނީ އެހެން ބަޔަކު ބޭނުންވާ ގޮތަކަށް ނޫން ކަމަށާއި އެކަން ކުރާނީ ޕާޓީގެ އުސޫލުތަކުގެ ތެރެއިން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކޮންގްރެސް އަކީ ލާމަސީލު، އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ: ރައީސް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން، އަންނަ މަހު ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބަކީ ލާމަސީލު އަދި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

"ލޮކް އަޕް 2" ކާމިޔާބުކުރީ ޝްރެޔާ

ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށުމާ އެކު ބޮޑު މަގުބޫލު ކަމެއް ލިބުނު އިންޑިއާގެ ރިއަލިޓީ ޝޯ "ލޮކް އަޕް"ގެ ދެވަނަ ސީޒަން، ކޮންޓެންޓް ކްރިއޭޓަރު އަދި ރިއަލިޓީ ޝޯ ތަރި ޝްރެޔާ ކާލްރާ ރޭ ކާމިޔާބުކޮށްފި އެވެ.

Loading fresh headlines…