Live 129,606 stories Updated Sep 23, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އީގަލް ހިލްސްގެ ޕްރޮޖެކްޓާ މެދު ކުރާ ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބު

ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އުފައްދާ ސުވާލުތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ޖަވާބު ދެއްވައި، އެ މަޝްރޫއާ ގުޅިގެން ރާއްޖެއަށް ކުރާނެ ފައިދާތައް ވިދާޅުވެދެއްވައިފި އެވެ.

ދަރޭތި

(އާދިއްތަ ދުވަހާ ގުޚޭ)

ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ވަގުތުން ފަށަންޖެހޭ: އުރުދުޣާން

އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރުން މިހާރަށް ފަށަންޖެހޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު އދ. ގައި ދެއްވީ ހުސް އިންޒާރު!

އީރާނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ ގައުމު އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ.ގެ އާންމު މަޖިލީހުގެ މުޅި ތަގުރީރު ވެސް އިންޒާރުގެ މައްޗަށް ބިނާކުރައްވައިފި އެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އީރާނުގެ އެއާލައިންތަކުގެ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓުމަކަށް

އެމެރިކާއިން އީރާނުގެ ވައިގެ ދަތުރުފަތުރާ ބެހޭ ދާއިރާއަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމާ ގުޅިގެން، އީރާނުގެ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުތަކަށް ބޮޑެތި ބުރޫއެރުންތަކެއް އަރައި، ގިނަ އަދަދެއްގެ ފްލައިޓްތަކެއް ކެންސަލްވާން ފަށައިފި އެވެ.

ލަންކާގައި ހަމަލާދިން މީހުންނަށް 200-260 އަހަރާ ދެމެދުގެ ޖަލު ހުކުމް

ސްރީ ލަންކާގައި 2019 ވަނަ އަހަރުގެ އީސްޓާ ސަންޑޭއާ ދިމާކޮށް ފައްޅިތަކާއި ހޮޓާތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކުގެ ކުށް ސާބިތުވި 15 މީހަކު، 200 އަހަރާއި 260 އަހަރާ ދެމެދުގެ މުއްދަތަކަށް، ބުރަ މަސައްކަތާ އެކު ޖަލަށްލުމަށް ލަންކާގެ ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އިމާމުންނަށް ފަރުމާކުރާ ދިވެހިވަންތަ ހެދުމުގެ ނަމޫނާއެއް ދައްކާލައިފި

ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނާއި ހަތީބުން ބޭނުންކުރަން ހާއްސަ ހެދުމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައި، އޭގެ ނަމޫނާއެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ދައްކާލައިފި އެވެ.

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަފާނެ ކަމަށް އީރާންގެ އޮފިޝަލަކު ވިދާޅުވުން ދައުލަތުގެ މީޑިއާއިން އެ ވާހަކަ ދޮގުކޮށްފި

އެމެރިކާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތައް ކުޑަކޮށް، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުބަންދު (ބްލޮކޭޑް) އުވާލައިފި ނަމަ، ހަތް ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލަން އީރާނުން ތައްޔާރަށް އޮތް ކަމަށް އީރާނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރުމަކީ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން: އެމްޑީޕީ

ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން އުވާލުމަކީ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

Loading fresh headlines…