Live 129,606 stories Updated Sep 24, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސޯސަންމަގު އެކްސިޑެންޓް: ނުރައްކާކޮށް ދުއްވީ ލައިސަންސް ނެތިގެން ހަތަރު ފަހަރު ޖޫރިމަނާކޮށްފައިވާ މީހެއް

މިދިޔަ އާދީއްތަދުވަހުގެ ރޭ ދަންވަރު ސޯސަންމަގުގައި ދެ ސައިކަލް ޖެހި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އެކްސިޑެންޓްގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހާ އަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރު ވެސް ހަތަރު ފަހަރަށް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފި …

މާމެންދޫއިން ހޯދި 17 ކިލޯގެ ޑްރަގް: އެކަކު ބުނީ އޭރު އޭނާ އެރަށުގައި ވެސް ނެތް ކަމަށް

ގއ. މާމެންދޫގެ ދެ ގެއަކުން 17.7 ކިލޯގެ މަސްތުވާތަކެތި ފެނުނުއިރު އެރަށުގައި ވެސް ނުހުންނާނެ ކަމަށް އެ މައްސަލާގައި ހައްޔަރުކުރި އެކަކުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ޗާގޯސް ދޫކޮށްލާ އެއްބަސްވުން އެެމެރިކާގެ ރުހުން ލިބޭ ގޮތަށް ޔޫކޭއިން ބަދަލުކުރަނީ

ޗާގޯސް ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން އެކުލަވާލާފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވާތީ، އެމެރިކާގެ ރުހުން ލިބޭނެ ފަދަ ގޮތަކަށް އެ އެއްބަސްވުން ބަދަލުކުރުމުގެ މަސައްކަތް ޔޫކޭ ސަރުކާރުން ފަށައިފި އެވެ.

ޒުވާނުންނަށް ސްޓްރޯކް ޖެހޭ މިންވަރު 30 އަހަރު ތެރޭ ދެ ގުނަ އިތުރުވެއްޖެ

ޒުވާން އުމުރުގެ މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު ފާއިތުވި ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެ، ދެގުނައަށް މަތިވެފައިވާ ކަމަށް ދާދިފަހުން ކުރި ބޮޑު ދިރާސާއަކުން ދައްކައިފި އެވެ

އިތުރު ދާއިރާތަކުން ރާއްޖެއާ އެކު ގުޅުން ބަދަހިކުރަން ސައުދީން ޝައުގުވެރިވޭ: ސަފީރު

ރާއްޖެއާ އެކު އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ސައުދީ އަރަބިއްޔާއިން ޝައުގުވެރިވާ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ މިރޭ ވިދާޅުވެއްޖެ އެވެ.

ސައުދީގެ ބޮޑެތި އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔަން ރާއްޖެ އޮތީ ތައްޔާރަށް: ރައީސް

ސައުދީ އަރަބިއްޔާގެ ބޮޑެތި އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި 2040 އާ ހިސާބަށް ދާއިރު ތަރައްގީ ވެފައިވާ ގައުމަކަށް ވާން ރާއްޖޭން ކުރާ މަސައްކަތުގައި އެ ގައުމުގެ ބައިވެރިވުން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސައުދީގައި މަރަން ހުކުމްކުރި މީހަކު ސަލާމަތްކުރުމުގައި ނަޝީދުގެ އެހީ ލަންކާއަށް

ސޯޝަލް މީޑިއާގައި އިސްލާމް ދީނާ ދެކޮޅަށް ކުރި ޕޯސްޓެއްގެ މައްސަލާގައި ސައޫދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ ސްރީ ލަންކާގެ އަނޯޖަން ސިވަރާސާގެ ފުރާނަ ސަލާމަތްކުރަން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އދ.ގައި އީރާންގެ ރައީސް ވިދާޅުވީ އެމެރިކާގެ ބިރަށް ކުޑަކަކޫ ނުޖަހާނެ ކަމަށް

މިހާރު ހިނގަމުންދާ ހަނގުރާމަ ފެށީ އީރާނުން ނޫން ކަމަށާއި، ބޭރުގެ އެއްވެސް ނުފޫޒަކަށް ނުވަތަ ބިރުދެއްކުމަކަށް އެ ގައުމުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ ކަމަށް ވިދާޅުވެ، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޣައްޒާ އާރާސްތުކުރުމަށް 2.5 ބިލިއަން ޑޮލަރުގެ ޕްލޭނެއް އިއުލާނުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ "ބޯޑް އޮފް ޕީސް" އިން ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް މިއަދު އިއުލާންކޮށްފި އެވެ.

Loading fresh headlines…