Live 128,349 stories Updated Aug 11, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ތިން މިނިސްޓްރީގައި ރޯވީ ބަޔަކު ގަސްދުގައި ހުޅުޖަހައިގެނެއް ނޫން: އިހުސާން

ދެ މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި ޓިނު ބިލްޑިން އާއި އެ ތަނާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ރޯވި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގު ނިމިފައިވާ ކަމަށާއި އެ ހާދިސާގައި "ހުޅު ޖެހުމުގެ" ހަމަލާއެއް ނުހިމެނޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ޓޫރިޒަމުން މުޖުތަމައަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާއެއް ހަދަނީ

ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާއެއް ހެދުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިއްޔެ ސޮއި ކޮށްފި އެވެ.

ޔޫކޭގެ ރަސްގެފާނު އަވަހާރަވެއްޖެ ކަމަށް ބުނެ "އޮޅުމަކުން" ޚަބަރު ފެތުރި ރޭޑިއޯ ސްޓޭޝަންގެ މައްސަލަ ބަލައިފި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އަވަހާރަވެއްޖެކަމަށް، މެއި މަހު ފޮނުވި ބްރޯޑްކާސްޓެއްގައި އޮޅުމަކުން އިއުލާނުކުރުމާ ގުޅިގެން އެ ގައުމުގެ ކޮމިއުނިޓީ ރޭޑިއޯ ސްޓޭޝަނެއްގެ މައްސަލަ ބަލައިފި އެވެ.

އީރާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދޭނަން: ޓްރަމްޕް

މީގެ އެތައް އަހަރެއް ކުރިން ފެށިގެން އީރާނުން ވާގިވެރިވެގެން ނުވަތަ ހިންގާފައިވާ ކަމަށް ބުނާ އަމަލުތަކުގެ ސަބަބުން ވެފައިވާ ގެއްލުމަށާއި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ވެފައިވާ ގެއްލުމުގެ ބަދަލު ހޯދަން، އީރާނާ އެކު ކުރާ ސުލްހައިގެ މަޝްވަރާތަކުގައި ހުށަހަޅުއްވާނެ ކަމަށް އެމެރިކާގެ ރައ…

ސައްހަ އެއްބަސްވުމެއްކަމާ މެދު ސުވާލު އުފެދި ސެންޓަ އެންޓަޕްރައިސަސްގެ 168 މިލިއަންގެ ދައުވާއެއް ނާކާމިޔާބު

ކުރީގެ މާލޭ މުނިސިޕަލްޓީ ހިންގި ދުވަސްވަރު ފޯރުކޮށްދިން ކަމަށް ބުނާ މުދާތަކަކާ ގުޅިގެން 168 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަ ޕްރައިސަސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ކުރި ދައުވާ ސިވިލް ކޯޓުގައި ނާކާމިޔާބުވެއްޖެ އެވެ.

ކޮލަމްބިއާގެ ބިން ހެލި 111 މީހުން މަރުވެގެން އުޅެނިކޮށް އާ ސަރުކާރުން އިއުލާނުކުރީ ގޯލާންގެ އުސްބިމަކީ އިޒްރޭލުގެ ތަނެއް ކަމަށް

ސީރިއާގެ އަތުން 1967 ވަނަ އަހަރު އިޒްރޭލުން ފޭރިގެންފައިވާ ގޯލާން ހައިޓްސް (ގޯލާންގެ އުސްބިންތައް) އެއީ އިޒްރޭލުގެ ބައެއް ކަމަށް ބުނެ ކުރާ ދައުވާއަށް، ކޮލަމްބިއާގެ ވެރިކަމާ އަލަށް ހަވާލުވި ކަނާތުފިޔައިގެ ސަރުކާރުން ތާއީދުކޮށް އެކަން އިއުލާނުކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް ކައުންސިލްތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ: އާޒިމް

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް ކައުންސިލްތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް، މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރަން ނަޝީދާއި ޔާމީން އެ ސިޓީއަށް ވަޑައިގަންނަވަނީ

ގދ. ތިނަދޫގައި ދެ ވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރަން، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އެ ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ފަލާހު ވިދާޅުވީ ކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރުން ނޫން ކަމަށް

ރަށްރަށާއި ސިޓީތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް، މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ސަރުކާރަށް ނެގޭ ގޮތަށް ލާމާރުކަޒީ ގާނޫނު ބަދަލުކުރަން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގް…

Loading fresh headlines…