Live 128,349 stories Updated Aug 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މާޒިޔާ ބޮޑު މެޗަކަށް: ޓްރުހާގެ ކަންބޮޑުވުމަކީ ޓީމާ އެކު ލިބުނު ވަގުތު ކުޑަވުން

އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިން މެޗަށް ނުކުންނަ އިރު އެންމެ ބޮޑު ކަންބޮޑުމަކީ އޭނާ އަށް ޓީމާ އެކު ހޭދަކުރަން ލިބުނު ވަގުތުކޮޅު ކުޑަވުން ކަމަށް މާޒިޔާގެ އާ ކޯޗު ޓޮމާޝް ޓްރުހާ ބުނެފި އެވެ.

އިޒްރޭލުގެ ޖާސޫސުން އީރާންގެ ފޯޑޯ ނިއުކްލިއާ ސައިޓަށް އެތައް ފަހަރަކު ވަން: މޮސާޑުގެ ކުރީގެ ވެރިޔާ

އީރާނުގެ ފޯޑޯ ނިއުކްލިއާ ސައިޓު އިތުރަށް ދެނެގަތުމަށްޓަކައި އިޒްރޭލުގެ ޖާސޫސުން އެތަނަށް "އެތައް ފަހަރަކު ވަން" ކަމަށް ޖާސޫސީ އިދާރާ، މޮސާޑުގެ ކުރީގެ ވެރިޔާ އަންގާރަ ދުވަހު ބުނެފި އެވެ.

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)

ޓްރަމްޕުގެ އާ ހަމަލާއެއް: ޑިމޮކްރޭޓުންނަކީ "ޖިހާދިސްޓުން"

އެމެރިކާގެ ކުރިއަށް އޮތް މިޑްޓާމް ނުވަތަ ދައުރުގެ މެދުތެރޭ އިންތިހާބާ ދިމާކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ހަމަލާދެއްވުމަށް، ނުރައްކާތެރި އާ ބަސްމަގެއް ބޭނުންކުރައްވަން ފައްޓަވައިފި އެވެ.

އެއާ އިންޑިއާގެ ޕައިލެޓް ހުރީ ކެނަބިސް ބޭނުންކޮށް މަސްތުވެގެން: ރިޕޯޓް

ތައިލެންޑުގެ ފުކެޓުން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުކުރަނިކޮށް ކުއްލިއަކަށް ތިރިވެ، ފަސިންޖަރުންނަށް އަނިޔާވި އެއާ އިންޑިއާ ފްލައިޓް 'ޕައިލެޓް އިން ކޮމާންޑް' ދެ ވަނަ ޑޯޕް ޓެސްޓުން ވެސް ފެއިލްވެފައިވާ ކަމަށާއި އޭނާ އިނީ ކެނަބިސް ބޭނުންކޮށްގެން ކަމަށް އެކި މަސްދަރުތަކާ ހަވާލާދީ އެންޑީޓީވީން ބުނެފި…

މިފްކޯ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ދިމާވި ހާދިސާތަކާ ގުޅިގެން ސިފައިންނާއި ފުލުހުންގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށްދޭން އެދެފި

ފާއިތުވި ހަތަރު މަސް ދުވަސް ތެރޭގައި، ސަލާމަތީ ބާރުތަކުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާތަކުގެ ހަތަރު އޮފިސަރަކު ނިޔާވެފައި ވާތީ އެ ހާދިސާތަކުގެ އިންކުއަރީއެއް ނުވަތަ ތަހުގީގެއް ހިނގާތޯ ސާފުކުރުމަށް އެ އިދާރާތަކުގެ އިސް ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމ…

އާއިލާއިން ރައްކާތެރިކަން ނުދެވޭ ހާލަތުގައި ނޫނީ ކުއްޖަކު ނުނަގާނެ، ތުއްތު ކުއްޖާ ނެގީ ގާނޫނާ އެއްގޮތަށް: މިނިސްޓްރީ

އުފަންވުމާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާއާ މެދު އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮަށް ކަމަށާއި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އާއިލާއިން އެ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުނުވާނެ ހާލަތުގައި އެކަނި ކަމަށް، ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން މިއ…

ފަލާހު ވިދާޅުވަނީ ފެނަކައިގެ އޮޑިޓް ރިޕޯޓް ކިޔަން ފަށާއިރަށް ރޮވޭ ކަމަށް

ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަންތައް ހާމަވާ ރިޕޯޓްގައި ހުރި ވާހަކަތަކާ މެދު ހިތާމަކޮށް "ރޮވޭ ވަރުން އެ ރިޕޯޓް ނުވެސް ކިޔޭ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ޑްރަގް ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށް

ޑްރަގްގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 100،000ރ. އިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލާން ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

Loading fresh headlines…