Live 129,605 stories Updated Sep 28, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދިވެހިންގެ އިތުބާރު އެބައޮތް، އެދޭ ގޮތަށް މަސައްކަތްކޮށްދޭނަން: އަލައްބާރް

ރާއްޖޭގެ ތާރީހުގައި ވެސް ގެންނަ އެންމެ ބޮޑު އިންވެސްޓެއް ކުރާ ކުންފުނީގެ ހައިސިއްޔަތުން އީގަލް ހިލްސް އަށް ދިވެހިން އިތުބާރުކުރާ ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެ އެވެ.

ޝަހުމްގެ މަރުގެ އަދަބު: ދެ ފިރިހެނުންގެ ހެކިބަސް ލާޒިމްތޯ ކުރި ބަހުސަށްފަހު ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

މީގެ 15 އަހަރުކުރިން މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އިބްރާހިމް ޝަހުމް އާދަމްގެ މައްސަލާގައި، ދެ ފިރިހެނުންގެ ހެކިބަސް ނެތީސް މަރުގެ އަދަބު ދެވިދާނެތޯ ކުރި ބަހުސާ އެކު އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ބަންގްލާދޭޝް އިން ރާއްޖެއަށް ހަދިޔާކުރާ ގަސްތައް އިންދައި އާލާކުރުމުގެ މަސައްކަތް މިއާންޒް ކޮލެޖަށް

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ރާއްޖެ ފެހިކުރުމާއި މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން އުނގަންނައިދިނުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބަންގްލާދޭޝް ހައި ކޮމިޝަނާއި މިއާންޒް ކޮލެޖުގެ ސުކޫލް އޮފް އެގްރިކަލްޗާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވަޒީފާ ދޫކޮށްފައި ފަޔާޒު މިހުރީ އޯޓިޒަމް ދަރިފުޅަށް ހުސްވެ!

ދިރިއުޅުމުގެ ހުރިހާ ވަގުތެއް ދަރިފުޅު ދޮންކަލޯއަށް ހުސްކޮށްގެން ހުރި ފަޔާޒް ހަސަންގެ ޓިކްޓޮކުން ފެންނަނީ އޯޓިޒަމާއި އޭޑީއެޗްޑީ ހުންނަ ކުއްޖަކު ބެލުމުގައި އުފުލަން ޖެހޭ ތަކުލީފެވެ. ކެތްތެރިކަން އިސްކުރަންޖެހޭ ވަރެވެ. އޭނާގެ 24 ގަޑިއިރުގެ ވަޒީފާއަކީ ދަރިފުޅު ބެލުމެވެ. އެކަނިމާއެކަނި ދަރިފުޅުގެ ހުރިހާ …

އިންޑޯ ކުޅިވަރުގެ 30 އަހަރުވީ ތަކުލީފު ނިންމަން 27 ކޮމްޕްލެކްސް އަޅާނަން: ރާފިއު

އިންޑޯ ކުޅިވަރުގައި މަލްޓި ޕާޕަސް ކޮމްޕްލެކްސްއެއްގެ ގޮތުގައި މުޅި ރާއްޖޭގައި ވެސް ސޯޝަލް ސެންޓަރު އެކަނި ހުންނަތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި އެ ތަކުލީފަށް ނިމުން ގެންނަން 27 މަޝްރޫއެއް ހިންގަން ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ރޭ ވިދާޅުވެއްޖެ އެވެ.

ފަސާދައިން ސަލާމަތްކުރަން 'މަހޯލި' ހައްގު މުހިއްމު ވިއަސް ބައެއް އިދާރާތަކުގެ ސަމާލުކަން ވަރަށް ކުޑަ: އައިކޮމް

ފަސާދައިން ސަލާމަތްވެފައިވާ ނަޒާހަތްތެރި ދައުލަތެއް ބިނާކުރަން "މަހޯލި" އަކީ ވަރަށް މުހިއްމު ހައްގަކަށް ވިއަސް އެކަމަށް ބައެއް މުއައްސަސާތަކުން ދޭ ސަމާލުކަން އަދިވެސް ވަރަށް ކުޑަ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖެއާ ކައިރިން ދާއަަޅައިގެން ނަގާ މަސް ރާއްޖެއަށް ގެންނަން މަޝްވަރާ ކުރަންޖެހޭ: މިނިސްޓަރު

ރާއްޖެއާ ކައިރިން އެކަމަކު ރާއްޖޭގެ އިގުިތިސާދީ ސަރަހައްދުން ބޭރުން ދާއަޅައިގެންނާއި މަސްވެރިކަމުގެ އެހެން ގޮތްތައް ބޭނުންކޮށްގެން ނަގާ މަސް ރާއްޖެއަށް ގެނައުމަކީ މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ހަމަލާދިން މައްސަލައިގައި މާޒިޔާގެ ސުޒޭރު 10 މެޗަށް ސަސްޕެންޑްކޮށްފި

ނިއު ރޭޑިއަންޓުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯ ބަރްބޯސާގެ މޫނުމަތީގައި ޖަހައި މާރާމާރީ ހިންގި މައްސަލައިގައި، މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު 10 މެޗަށް ސަސްޕެންޑްކޮށް، 15,000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އަތަށް ލިބުނު އަނިޔާގެ ސަބަބުން ރާމް ޗަރަން ފިޒިއޯތެރަޕީ ހަދަނީ

ތެލުގޫ ސިނަމާގެ މަޝްހޫރު އެކްޓަރު ރާމް ޗަރަންގެ ކަނާތު އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން އަޅާފައިވާ ކާސްޓާއި އޮޕަރޭޝަނަށް ފަހު ލައްވާފައިވާ ރޮޑުތައް ނަގައި، ރިހެބިލިޓޭޝަން އަދި ފިޒިއޯތެރަޕީގެ ފަރުވާ ފަށައިފި އެވެ.

ކުޅިވަރުގެ ވަސީލަތްތަކުގެ މަރާމާތަށް ރަށްރަށުގެ މުވައްޒަފުންގެ ދައުރު ފުޅާކުރަނީ

ކުޅިވަރުގެ ވަސީލަތްތަކުގެ މަރާމާތުގެ މަސައްކަތްތައް ހަރުދަނާކުރަން ރަށްރަށުގައި ހަދާ ފިޓްނަސް ރެކްރިއޭޝަން ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދައުރު ފުޅާކުރައްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…