Live 129,600 stories Updated Oct 3, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކޮރަޕްޝަންގެ މައްސަލައެއްގައި ބޮލީވުޑްގެ އެކްޓަރު ޑީނޯ މޮރެއާ ހައްޔަރުކޮށްފި

އިންޑިއާގެ މުމްބާއީ ޕޮލިސްގެ އިކޮނޮމިކް އޮފެންސަސް ވިންގް (އީއޯޑަބްލިޔޫ) އިން ތަހުގީގުކުރަމުން އަންނަ ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގައި ބޮލީވުޑްގެ އެކްޓަރު ޑީނޯ މޮރެއާ އިއްޔެ ހައްޔަރުކޮށްފި އެވެ.

އަޖޭގެ "ދުރިޝްޔަމް 3" އަށް ބޮކްސް އޮފީހުގެ ރެކޯޑެއް

އަޖޭ ދޭވްގަންގެ "ދުރިޝްޔަމް" ފްރެންޗައިޒްގެ ފަހު ބައި "ދުރިޝްޔަމް 3: ދަ ކޮންކްލޫޝަން" ސިނަމާތަކަށް ނެރުނު ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ތާރީޚީ ކާމިޔާބީއެއް ހޯދައި، 50 ކްރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ބްލޫ ކާބަން މަޝްރޫއު ހިންގައިގެން ޑޮލަރު ހޯދަން ތިން ރަށަކުން ތައްޔާރުވަނީީ

ބްލޫ ކާބަން މަޝްރޫއު ނުވަތަ ޖައްވުގައި ހުންނަ ކާބަން ޑައިއޮކްސައިޑް ގުދުރަތީ ގޮތުން ނަގައިގެން، ޑޮލަރުން އާމްދަނީ ހޯދަން ތިން ރަށެއްގައި މަޝްރޫއުތައް ހިނގަން އެ ރަށްރަށުގެ ކައުންސިލްތަކުން ތައްޔާރުވެއްޖެ އެވެ.

ހިތްވަރު ލިބުނީ އެންމެން މަރުވާން ދޫކޮށްލައިގެން ނުވާނެތީ: ފްލައިދުބާއީގެ ޕައިލެޓް

ޔޫއޭއީން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް ތެރޭގައި ކޯ-ޕައިލެޓް ހަމަލާދިނުމުން ޒަހަމް ވެފައި އޮވެގެން ވެސް ކޮކްޕިޓްގެ ދޮރު ހުޅުވަައި އެންމެން ސަލާމަތްކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ހިތްވަރު ލިބުނީ ބޯޓުގައި ތިބި އެންމެން މަރުވާން ދޫކޮށްލައިގެން ނުވާނެ ކަމުގެ އިހްސާސާ އެކުގައި ކަމަށް އ…

މަރުގެ ހުކުމް ތަންފީޒުކުރުމަށް ދިން އިންޖެކްޝަނުން މަރުނުވި މީހާ ވެންޓިލޭޓަރުގައި

އެމެރިކާގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ ކްރިސްޓާ ޕައިކް އަށް ހުކުމް ތަންފީޒުކުރުމަށް [ޒަހަރު] އިންޖެކްޝަން ދިނުމުން ވެސް މަރުވި ނުވި ހާދިސާއަށް ފަހު މިހާރު އޮތީ ހޭވެރިކަމެއް ނެތި ވެންޓިލޭޓަރުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލުން ހުކުރު ދުވަހު ކޯޓަށް ހުށަހެޅި ލިޔުމެއްގައި ބުނެފި އެވެ.

ފަނޑިޔާރުން މައްސަލަ ނިންމުން އޭއައިއަށް ދޫކޮށްނުލެވޭނެ: އުއްތަމަ ފަނޑިޔާރު

ފަނޑިޔާރުންގެ ނިންމުންތައް ނިންމައި ގޮތް ކަނޑައެޅުމުގައި އޭއައިގެ އެހީ ބޭނުން ކުރަން ދޫކޮށްލެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ހިޔާލަކީ އީގަލް ހިލްސްގެ މަޝްރޫއު އައްޑޫއަށް ގެންދިޔުން

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިނގަން ނިންމާފައިވާ މަޝްރޫއު އައްޑޫއަށް ބަދަލުކުރުމާ މެދު މަޝްވަރާ ކުރަން އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސްގައި އެދިވަޑައިގެންފި އެވެ.

މާލޭގެ ބާޒާރު ސަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ނަގަން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނުމަގުން ބާޒާރުމަތީ ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައި ވަނިކޮށް، އެ އެންގުމާ ހިލާފަށް ޕާކް ކޮށްފައިވާ ހުރިހާ ވެހިކަލެއް ފުުލުހުން މިރޭ ޓޯކޮށްފި އެވެ.

އާންމު ތަންތަނުގައި، ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު!

އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް، ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

Loading fresh headlines…