Live 129,730 stories Updated Feb 17, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މާލެހިޔާ އާއި ސިނަމާލެ ފްލެޓުތައް މަރާމާތުކުރަން އެ ތަނުގެ އެސެސްމަންޓެއް ހަދަނީ

މާލޭހިޔާ އާއި ސިނަމާލޭގެ މެއިންޓަނެންސާ ގުޅޭ ގިނަ މައްސަލަތަކެއް ހުރުމުން، އެތަން މަރާމާތުކުރަން އިމާރާތުގެ އެސެސްމަންޓެއް ހަދަން ނިންމާފައިވާ ކަަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އަސްކަރީ ތަމްރީނަކަށް ފަހު ނޫނީ ސަރުކާރުގެ ވަޒީފާ ނުދޭން ގޮވާލައިފި

ސިވިލް ސާވިސްގެ ވަޒީފާ ނުވަތަ ސަރުކާރުން ވަޒީފާ ދިނުމުގައި އަސްކަރީ ތަމްރީނު ފުރިހަމަ ކުރާ މީހުންނަށް ނޫނީ ވަޒީފާ ނުދޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޒުވާން އަހުޒަމްގެ މޮޅު ކުޅުމާ އެކު، އޮޑި އަށް ގުރޫޕްގެ އެއްވަނަ

ޒުވާން މިޑްފީލްޑަރު އަހްޒަމް ރަޝީދުގެ މޮޅު ކުޅުމާ އެކު، ފަހަތުން އަރައި 4-2 އިން ކްލަބް އީގަލްސް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އޮޑި ސްޕޯޓްސް ކްލަބް، ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މާލެހިޔާ/ ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ރައީސް ނިންމަވައިފި

މާލެ ހިޔާ އާއި ސިނަމާލޭގައި ދިރިއުޅޭ މީހުން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަަކެއް ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފި އެވެ.

އެއްގަމު އުޅަނދެއް ދުއްވޭނީ ކޮންޕްރިހެންސިވް އިންޝަރެންސެއް އޮވެގެން ކަމަށް މަޖުބޫރު ކުރަން އިސްލާހެއް

ރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވޭނީ ކޮމްޕްރިހެންސިވް މޮޓޯ އިންޝައަރެންސެއް އޮވެގެން ކަމަށް މަޖުބޫރު ކުރަން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ބަންގްލާދޭޝްގެ ވަގުތީ ލީޑަރު ޔޫނުސް އާ ސަރުކާރަށް ފުރުސަތު ދޭން އިސްތިއުފާ ދެއްވައިފި

ބަންގްލާދޭޝްގައި އެތައް އަހަރެއް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ޝައިހް ހަސީނާގެ ވެރިކަން 2023 ވަނަ އަހަރު ވައްޓާލުމަށް ފަހު ވަގުތީ ލީޑަރަކަށް އައްޔަންކުރި މުހައްމަދު ޔޫނުސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ގާނޫނުތަކާ ހިލާފަށް ސަރުކާރުން ހަރަދުކުރާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާއި ޕެންޝަނާއި ފިސްކަލް ޒިންމާ އަދި މާލިއްޔަތު ގާނޫނާ ހިލާފަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ބުނެ، މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް ފުރާވަޑައިގެންފި

ބަންގްލަދޭޝްގެ އިންތިހާބީ ބޮޑުވަޒީރު، ތާރިގް ރަހްމާން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.

Loading fresh headlines…