އަސްކަރީ މަރުކަޒެއްގައި ބަޑިޖަހައި 13 މީހަކު މަރާލި މީހާގެ ގަޔަށް ބަޑިޖަހައި މަރަން ޓްރަމްޕު ހުއްދަ ދީފި
އެމެރިކާގެ އަސްކަރީ ބޭސްއެއްގައި 2009 ވަނަ އަހަރު ބަޑިޖަހައި 13 މީހުން މަރާލި އެމެރިކާގެ އާމީ ސައިކަޔަޓްރިސްޓް ނިދާލް ހަސަންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރުމަށް، ބަޑިޖަހައި މެރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްދަ ދެއްވައިފި ކަމަށް ޕެންޓަގަންއިން ހޯމަ ދުވަހު ބުނެފި އެވެ.