ތާރީހީ ޝަރަފަކާ އެކު ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންޑިއާ އަށް
ފޯރިގަދަ ފައިނަލް މެޗުގައި ނިއުޒީލަންޑް 96 ލަނޑުން ބަލިކޮށް، އިންޑިއާއިން ތިންވަނަ ފަހަރަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފިއެވެ.
MIHAARU
Live feedފޯރިގަދަ ފައިނަލް މެޗުގައި ނިއުޒީލަންޑް 96 ލަނޑުން ބަލިކޮށް، އިންޑިއާއިން ތިންވަނަ ފަހަރަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފިއެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި، އީރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާދެމުން ދާއިރު ސައޫދީގެ ވެރިރަށް ރިޔާޟްގެ ދެކުނުގައި އޮންނަ އަލް ޚަރްޖު ސަރަހައްދުން ދެ މީހަކު މަރުވެ 12 މީހަކު ޒަހަމްވެއްޖެ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައި ވާތީ ބަދަލުގައި އާ ލީޑަރަކު ހޮވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނޫން ކަމަށާއި އެކަން ކުރާނީ އީރާނުން އަމިއްލައަށް ކަމަށް ވިދާޅުވެ، ޓްރަމްޕު މާފަށް އެދިވަޑައިގަތުމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ގޮވާލައްވައިފި އެވެ.…
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީއެއް ކާމިޔާބުކަމާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޮށްފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގައި ތެޔޮ ކާރުހާނާތަކަކަށް ހަމަލާ ދިނުމުން އަނދަމުން ދާއިރު ދެން އެފަދަ ހަމަލާތައް ނުދޭނެ ކަމަށް އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވެއްޖެ އެވެ.
ގދ. މަޑަވެލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް 174 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ގާނޫނުއަސާސީގައި ހިމަނައި އެ ފާސްކުރީ އޭރުގެ ރައީސް މަައުމޫން އަބްދުލްގައްޔޫމަށް ދަތިކުރަން ކަމަށް ވިޔަސް އޭގެ ގެއްލުންވީ އެމްޑީޕީ އަށް ކަމަށާއި އެހެންވެ ކަމެއް ކުރާއިރު ހަމައެކަނި ތިމާމެންގެ އަމިއްލަ ފައިދާ އަށް ވިސްނައިގެން ނުވާނެ ކަމަަށް ކުރީގ…
މި ރޯދަމަހުގެ ފަހު 10 ގައި އުމްރާގެ އަޅުކަމަށް އެކި ސަބަބުތަކާ ހެދި ނުފުރި ތިބި 164 މީހުންނަށް މިރޭ ފުރޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު، ނަގަން ތާވަލު ކޮށްފައިވާ ފެންނަ ނުފެންނަ ވޯޓު ބޭއްވުމަށް ވުރެ ސިޔާސީ މުވައްޒަފުން މަދުކުރުމުން ދައުލަތުގެ ހަރަދު ކުޑަވާނެ ކަމަށް އެ ވޯޓާ ދެކޮ…
ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އަނބުރާ ގައުމަށް ނުދެވި ރާއްޖޭގައި ތާށިވި ފަސިންޖަރުން ގެންދިއުމަށް މިހާތަނަށް ހާއްސަ 8 ފްލައިޓެއް ބާއްވައިފި އެވެ.
ދަރިންނަށް ދެ އަހަރު ފުރެންދެން، މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
Loading fresh headlines…