Live 128,473 stories Updated Jan 19, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރެކޯޑް ދަށްވުމެއް؛ ޗައިނާގައި މިދިޔަ އަހަރު އުފަންވީ ކޮންމެ 1،000 މީހަކަށް އެންމެ ފަސް ކުދިން

ޗައިނާގައި މިދިޔަ އަހަރު ވެސް، އުފަންވި ކުދިންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށްވެފައިވާ ކަމަށާއި މިއީ ޖެހިޖެހިގެން މި ރޭޓް ދަށަށް ދިޔަ ހަތަރު ވަނަ އަހަރު ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ.

މަތީ ތައުލީމުގެ އިތުބާރު ހިފަހައްޓަން ފިޔަވަޅު އަޅަން މަޖިލީހަށް

ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާއި އިތުބާރު ހިފެހެއްޓުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ސިޓީ ބަލި ވުމުގެ ފައިދާ ވިލާ އަކަށް ނުނެގުނު

ބާމިންހަމް (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަމިއްލަ ދަނޑުގައި 1-0 އިން އެވަޓަން އަތުން ބަލިވުމާ ގުޅިގެން، ތާވަލްގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުސަތު ވިލާ އިން ނަގާލައިފި އެވެ.

ބޮޑާހާކައި ދަނޑުން ފޭބި ސެނެގާލް ގޮތްދޫކޮށް އެނބުރިއައިސް ދެން ފޭބީ ތަށި ހިފައިގެން

ރަބާތު (ޖެނުއަރީ 19) - އެންމެ ފަހު ސިކުންތު މޮރޮކޯ އަށް ޕެނަލްޓީއެއް ދޭން ނިންމުމުން ހިތްހަމަ ނުޖެހިގެން ބޮޑާހާކައި ދަނޑުން ފޭބުމަށް ފަހު، ގޮތްދޫކޮށް އަލުން ކުޅެން ނުކުތް ސެނެގާލް 1-0 އިން މޮޅުވެގެން އަލުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފުރަތަމަ ދުވަހު ފްލެޓާއި ގޯއްޗަށް 500 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް އިއްޔެ ހުޅުވާލާފައިވާއިރު ފުރަތަމަ 24 ގަޑިއިރު ތެރޭގައި ބިމާއި ފްލެޓަށް އެދި 500 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ލަންކާގެ މަސައްކަތްތެރިން ރާއްޖޭން އަހަރަކު 129 މިލިއަން ޑޮލަރު ގެންދޭ

ރާއްޖޭގައި މަސައްކަތްކޮށްގެން، ސްރީ ލަންކާގެ މަސައްކަތްތެރިން އަހަރަކު 129 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) އެ ގައުމަށް ގެންދާ ކަމަށާއި އެ އަދަދު އިތުރުކުރަން ޖެހޭ ކަމަށް ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ރައީސްކަމުން އެންމެ ފަހުން ވަކިވެވަޑައިގެންނެވި ސުދޭޝް މެންޑިސް ވިދ…

މިއޮތީ ސައިކަލް "ކާރިސާ"އެއް، ހައްލެއް ގެނެވޭނެ؟

ހޮޓެލް ބާސެލޯ އިން އެއް ނަންބަރު ޖެޓީ ސަރަހައްދާ ދިމާލަށް ހެނދުނު އޮފީހަށް ދާ ވަގުތު ނުކުންނަ މީހަކަށް މާލޭގެ "ސައިކަލް ކާރިސާ"ގެ ކުޑަ މިންވަރެއް ފެންނާނެ އެވެ. ހާއްސަކޮށްފައިވާ ސައިކަލް ޕާކިން އޭރިއާ ފުރިބާރުވެފައިވާ އިރު، ކޮންމެ އޮފީހެއްގެ ދޮރުމައްޗަށް ފުންޏަކަށް ސައިކަލްތައް ޕާކުކޮށްފައި ހުރެ އެވ…

Loading fresh headlines…