Live 129,727 stories Updated Mar 25, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޑިޖިޓަލައިޒޭޝަނާއި އިޖުތިމާއީ ތަރައްގީގައި ބީއެމްއެލް އަށް ކާމިޔާބު އަހަރެއް!

ހިއްސާދާރުންގެ މައްޗަށް ބިނާވެފައިވާ ކޮންމެ ކުންފުންޏެއް އަދި އިދާރާއެއްގެ ކޮންމެ އަހަރެއްގެ ކާމިޔާބީ، އާހިރުގައި މިނެކިރާނީ އެ ތަނަކުން ހާސިލުކުރާ މާލީ ކާމިޔާބީތަކުގެ މައްޗަށެވެ.

އެމެރިކާގެ ހުށަހެޅުން ލިބިއްޖެ ކަމަށް އީރާނުން ބުނެފި، މަޝްވަރާތައް ޕާކިސްތާން ނުވަތަ ތުރުކީގައި

ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާގެ ހުށަހެޅުމެއް ޕާކިސްތާން މެދުވެރިކޮށް ލިބިފައިވާ ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް ޕާކިސްތާނު ނުވަތަ ތުރުކީގައި ބާއްވާ ގޮތަށް ހަމަޖެހިދާނެ ކަމަށް އީރާންގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފި އެވެ.

ހަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ ދަތުރުތައް ހުއްޓާލައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމަށް އަޅަން ފަށާފައިވާ އެއް ފިޔަވަޅެއްގެ ގޮތުން ރާއްޖެ އިން ބޭރަށް ސަރުކާރުގެ ފަރާތުން ކުރާ ދަތުރުތައް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ހަރަދު ކުޑަކުރުމުގެ ޕްލޭން ހަފުތާއެއްގެ ތެރޭގައި ރައީސަށް ހުށަހަޅާނަން: ޒަމީރު

އީރާން ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް، ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، ދައުލަތުގެ ބަޖެޓުން ރައްކާ ކުރެވޭނެ ދާއިރަތައް ބަލައި، އެކަމުގެ ޕްލޭން ފިނޭންސް މިނިސްޓްރީން ހަފުތާއެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަ…

އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭނެ ފެސިލިޓީއެއް ހަދަނީ!

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ ސްޓޯރޭޖު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެ ޕްރޮޖެކްޓު ނިމުމުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް ގޭހުގެ ސްޓޯރޭޖު މާލެ ސަރަހައްދުގައި ބެލެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ބްލޫ ލެގޫން ލަގްޒަރީ ރެޒިޑެންސުން ދެނީ އަގުތައް އުފުލުމުގެ ކުރިން އެޕާޓްމަންޓު ގަތުމުގެ ފުރުސަތު!

ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، ބްލޫ ލެގޫންގެ ފައުންޑޭޝަން މަސައްކަތުގެ 50 ޕަސެންޓު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އާންމު ވޯޓު ހުއްޓުވަން އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައިނުގަތް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ޗައިނާގެ ޝިފިން ކުންފުނި ކޮސްކޯއިން މެދުއިރުމައްޗަށް އަލުން ބުކިންތައް ބަލައިގަންނަން ފަށައިފި

ޗައިނާގެ އެންމެ ބޮޑު އެއް ޝިފިން ކުންފުނި ކޮސްކޯ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދަށް މުދާ އުފުލުމުގެ ހިދުމަތް މެދުކަނޑާލިތާ ތިން ހަފްތާ ފަހުން ގަލްފުގެ ބައެއް ގައުމުތަކަށް ކޮންޓެއިނަރު ފޮނުވުމަށް އަލުން ބުކިންތައް ބަލައިގަންނަން ފަށައިފި އެވެ.

ގަލްފުގެ ގައުމުތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާ ވަނީ ފެއިލްވެފައި: ނަޝީދު

ގަލްފުގެ ގައުމުތަކަށް ބޭނުންވާ ފުރިހަމަ ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާ ފެއިލްވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ފައިދާ އިތުރުކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއް ނޫން: ޝަރީފު

ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލްގެ ފައިދާ އިތުރުކުރަނީ އިންޓަރެސްޓާއި ފީތައް އިތުރު ކޮށްގެން ކަމަށް ބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށާއި އެމަކަު އެ ބޭންކުން މިދިޔަ އަހަރު ފައިދާ އިތުރު ކޮށްފައިވާނީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން ކަމަށް ސީއީއޯ މުހައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…