Live 128,461 stories Updated Feb 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެއާ އިންޑިއާގެ ވެއްޓުނު ބޯޓަށް ދިމާވި މައްސަލަ އެހެން ބޯޓަކުން ފާހަގަވުމުން އިންސްޕެކްޝަން ފަށައިފި

މިދިޔަ އަހަރު އެއާ އިންޑިއާގެ ބޮއިން 787 ޑްރީމްލައިނާގެ ބޯޓެއް ވެއްޓި 260 މީހުން މަރުވި ހާދިސާ ދިމާވީ ބޯޓުގެ ފިއުލް ކޮންޓްރޯލް ސްވިޗުގެ މައްސަލައަކުންކަން ތަހުގީގަށް ބެލެވިފައި ވަނިކޮށް އެ އެއާލައިންގެ އެހެން ބޯޓަކުން އެ މައްސަލަ ފާހަގަވެ އިންސްޕެކްޝަން ފަށައިފި އެވެ.

އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދަން ނުފޫޒު ފޯރުވާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ގުޅައި ބޮޑެތި ހުށަހެޅުންތައް ހުށަހަޅައިގެން ނަން ނެގުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެކަން ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ތިބީޖާގަ ދީގެން ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.

ތެޔޮ ގަތުން ހުއްޓާލާނެކަން އިންޑިއާއަކުން ނާންގާ: ރަޝިޔާ

ރަޝިޔާގެ ތެޔޮ ގަތުން އިންޑިއާއިން ހުއްޓާލަން ނިންމިކަން އަންގާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައި ވިޔަސް އިންޑިއާއިން ރަޝިޔާއަށް އެފަދަ ކަމެއް އަންގާފައި ނުވާ ކަމަށް ރަޝިޔާއިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ މުވައްޒަފުންގެ ރޯދަ އިނާޔަތް މި މަހުގެ 12 ގެ ކުރިން ދޭން ނިންމައިފި

ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތް ގާނޫނުގައިވާ ގޮތުގެ މަތިން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ދޫކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އިންޒާރެއް: ވަޓްސްއެޕްގެ ޕްރައިވެސީ ރައްކާ ނުކުރެވޭ ނަމަ ފައިބައިގެން ދޭ

ވަޓްސްއެޕްގެ ޕްރައިވެސީ ޕޮލިސީ އޮންނަ ގޮތުން އާންމުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ އިންޑިއާގެ ސުޕްރީމް ކޯޓުން އޭގެ މައި ކުންފުނި ކަމަށްވާ މެޓާ ޕްލެޓްފޯމްސްއަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

Loading fresh headlines…