Live 128,456 stories Updated Feb 13, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސަރުކާރަށް ޖެއްސުންކުރާ ކައުންސިލްތައް އެބަހުރި: ނިމާލް

ސަރުކާރަށް ޖެއްސުން ކުރަން އެކި ކަންކަން ކުރާ ކައުންސިލްތައް އެބަހުރި ކަމަށާއި އެހެންކަމުން ކައުންސިލްތަކުގެ މެޖޯރިޓީ އޮންނަން ޖެހެނީ ސަރުކާރަށް ކަމަށް ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލު ވިދާޅުވެއްޖެ އެވެ.

މާލޭގެ ކަނޑުތޮށި މަރާމާތު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަނީ

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވުމަށް އެ ގައުމުގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހަރަދުތައް ހަމަޖައްސަން އެމްއޭސީއެލްއިން އިތުރު 40 މިލިއަން ޑޮލަރުގެ ލޯނެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް އަވަސްކުރުމަށް ކުރި ހަރަދުތައް ހަމަޖައްސަން ސްރީލަންކާގެ ބޭންކުތައް މެދުވެރިކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިތުރު 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.

ހަނާގެ މައްސަލަ: ހުކުމާ ހިސާބުގައި އޮންނަތާ ފަސް އަހަރު؛ އަނެއްކާވެސް އިތުރު އަޑުއެހުމެއް

ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރާލި މައްސަލާގައި، އެކަމުގައި ބައިވެރިވި ފާތިމަތު ހަނާ މަރަން ކޮށްފައިވާ ހުކުމާ މެދު ޝަރުއީ އެންމެ މަތީ މަރުހަލާއިން ގޮތެއް ކަނޑައަޅަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި އޮންނަތާ އަހަރެއް ފަހުން އަނެއްކާވެސް އަޑުއެހުމެއް ބާއްވައިފި އެވެ.

މަސްވެރިކަން ދަށްވެފައި ވިޔަސް ރޯދަމަހު އެއްވެސް ދަތިކަމެއް ނެތި މަސް ލިބޭނެ: މިފްކޯ

މަސްވެރިކަން މި ދުވަސްވަރު ދަށްވެފައި ވިޔަސް، ކުރިއަށް އޮތް ރޯދަމަހު އާންމުންނަށް އެއްވެސް ދަތިކަމެއް ނެތި ރޯމަހާއި މަހުގެ އެހެން އުފެއްދުންތައް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން މިފްކޯ އިން މިއަދު ދީފި އެވެ.

އޭބީ ނެގެޓިވް ލޭ ހޯދަން ފަސް އަތޮޅެއް ބަލައިފި، މާލެއިން ކުޅުދުއްފުއްޓަށް ގޮސް ލޭ ދެވޭނެ ބަޔަކު ހޯދަނީ

ޑެންގީ ޖެހިގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހަކަށް އޭބީ ނެގެޓިވް ލޭ ބޭނުންވާތީ އެ ގްރޫޕްގެ ލޭ ހުރި މީހަކު ލިބޭތޯ ފަސް އަތޮޅެއް ބަލައިގެން ވެސް ނުލިބުމުން މާލެއިން އެ ރަށަށް ގޮސްގެން ވެސް ލޭ ދެވިދިދާނެ ހަތަރު މީހަކު ހޯދަން އާންމުންގެ އެހީއަށް އެދެފި އެވެ.

Loading fresh headlines…