Live 128,450 stories Updated Feb 17, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކަފާލާތަށް 1.5 ކްރޯޑް ރުޕީސް ދެއްކުމުން ރާޖްޕަލް ޖަލުން ދޫކޮށްލައިފި

ޗެކް ބައުންސްވި މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޮލީވުޑްގެ ކޮމެޑީ އެކްޓަރު ރާޖްޕަލް ޔާދަވް ކަފާލާތަށް 1.5 ކްރޯޑް ރުޕީސް (2.5 މިލިއަން ރުފިޔާ) ދެއްކުމުން އޭނާ މިއަދު ޖަލުން ދޫކޮށްލައިފި އެވެ.

އައްޑޫގައި އެމްބިއުލާންސް އެކްސިޓެންޑުވުމުގެ ދެ ހާދިސާއެއް: ހޮސްޕިޓަލުން އެދުނީ އިމަޖެންސީގައި ދާއިރު ޖާގަ ދޭން!

މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި އިމަޖެންސީގައި ދަތުރުކުރި ދެ އެމްބިއުލެންސެއް އެކްސިޑެންޓް ވެފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފި އެވެ.

އިންތިހާބީ ޝަކުވާއާ ގުޅޭ ދެ މައްސަލައެއް މާދަމާ ސުޕްރީމް ކޯޓުގައި

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ދެ މީހެއްގެ ކެންޑިޑެންސީއާ މެދު އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަކާ ގުޅޭ ދެ މައްސަލައެއްގެ ހުކުމް އިއްވުން މާދަމާ ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

ހުއްރިއްޔާގެ ހިންގުންތެރިޔާ ހުސޭނުބެގެ އަގުވަޒަންކޮށްފި

ދިވެހި ފުޓްބޯޅައިގައި އެތައް ކާމިޔާބެއް ހޯދައި، ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދި ކ. އަތޮޅު ހުރާގެ މަޝްހޫރު ފުޓްބޯޅަ ޓީމު ހުއްރިއްޔާގެ މަސްއޫލުވެރިޔާ އަދި އިސް ހިންގުންތެރިޔާ ހުސެއިން ޒަރީރު (ހުސޭނުބެ) ހިދުމަތުގެ އަގު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރޭ ވަޒަންކޮށްފި އެވެ.

ފެނަކަ ސައީދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފި އެވެ.

ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީ ޓާމިނަލާ ހަމައަށް ރޯދަމަހުގެ ތެރޭގައި މަގު ހަދަން ފަށަނީ

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ރަސްމީ ޖެޓީން ފެށިގެން ހެންވޭރުން އެމްޓީސީސީގެ ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީ ކުރަން ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ފަށާނެ ކަމަށާއި މުޅި މަގުގެ މަސައްކަތް އަންނަ އޭޕްރީލް/ މެއި އަށް ނިމޭނެ ކަމަށް އެ…

Loading fresh headlines…