ވެން ބިސާކާ ކްލަބަށް ދޫނުކުރި މައްސަލަ، ވެސްޓްހޭމުން ކޮންގޯގެ މައްސަލަ ފީފާ އަށް
ވެސްޓް ހޭމް ޔުނައިޓެޑްގެ ޑިފެންޑަރު އާރޮން ވެން ބިސާކާ، ގައުމީ ޓީމުގެ މެޗަށް ފަހު އެނބުރި ކުލަބަށް ދިއުމުގެ ހުއްދަ ކޮންގޯއިން ނުދިން ކަމަށް ބުނެ، އެ ކުލަބުން ފީފާއަށް މައްސަލަ ހުށަހަޅައިފި އެވެ.