Live 129,726 stories Updated Apr 11, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ބަދަލު ކުޅުންތެރިންގެ ލަނޑުތަކުން ވިކްޓަރީ ބަލި ކޮށް ޓީސީ ސެމީ އަށް

ފަހު ހާފުގައި ކުޅެން އެރި ބަދަލު ކުޅުންތެރިން މެޗުގެ ފަހު ވަގުތު ޖެހި ގޯލުތަކުން 3-1 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލި ކޮށް ޓީސީ ސްޕޯޓްސް ކްލަބް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޗެއާޕާސަނަށް ލަފާދޭން ފަސް ލީޑަރުންގެ ކޮމިޓީއެއް، ބޮޑެތި ބަދަލުތަކެއް ގެންނަން އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ!

އެމްޑީޕީ ހިންގުމާ ގުޅޭ ބޮޑެތި ކަންތައްތަކުގައި ޗެއާޕާސަނަށް ލަފާ ދިނުމަށް އެ ޕާޓީގެ ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލައި ބޮޑެތި ބަދަލުތަކެއް ގެނައުން ފާސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

ތުޅާދު އާއި ވިލުފުށީގެ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ބ. ތުޅާދު އާއި ތ. ވިލުފުށީގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްދީފި އެވެ.

"އެމްއައިބީ ޗެލެންޖު"ގެ 3 ނަސީބުވެރިންނަށް އައިފޯން 17 ޕްރޯ މެކްސް ދީފި

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) އިން ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ބޭއްވި "އެމްއައިބީ ޗެލެންޖު"ގެ ނަސީބުވެރިން ހޮވައި، އިނާމު ހަވާލުކޮށްފި އެވެ.

މިއީ އިންސާފުވެރި އިންތިހާބެއް، ވޯޓުގެ ދެ ވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާނެ: ޒާހިދު

ރާއްޖޭގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމެޓީ އަދި ފެންނަ ނުފެންނަ ވޯޓަކީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިޔަ އިންތިހާބެއް ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ ހިލާފުތައް ހައްލުކުރަން ފައްޔާޒު ކުރެއްވި މަސައްކަތަށް ނަޝީދުގެ ޝުކުރު

އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތައް ހައްލު ކުރައްވަން، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި މަސައްކަތްތަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފި އެވެ.

ފޯނުކޯލަކުން ފެށުނު މަޝްވަރާ: އޯޝަންމޭންގެ އެންމެ ހިތްގައިމު މަންޒިލަށް

މީގެ ނުވަ މަސް ކުރި އެވެ. އޯޕަން ވޯޓާ ސްވިމިން ފްރެންޗައިޒް ބްރޭންޑް، "އޯޝަންމޭން ގްލޯބަލް"ގެ ރީޖަނަލް ޑައިރެކްޓަރު ސްޕެއިންގެ ހޯޒޭ ލުއިސް ލަރޯސާ އަށް ލިބުނު ފޯނުކޯލަކީ ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަން ދުނިޔޭގެ އެންމެ މަގުބޫލް ފްރެންޗައިޒް ފެތުމުގެ މުބާރާތާ ގުޅުވާލަދިން މުހިންމު ކޯލެކެވެ.

ނަފުސު ކޮންޓްރޯލްކޮށް އަޒުމް ވަރުގަދަކުރުން

އިންސާނެއްގެ ވަރުގަދަ ކަމަކީ ހަމައެކަނި އޭނާގެ ހަށިގަނޑުގެ ބާރު ގަދަވުމެއް ނުވަތަ މުދާ ގިނަވުމެއް ނޫނެވެ. ނަމަވެސް އެންމެ ވަރުގަދަ މީހަކީ އެ މީހެއްގެ ނަފުސު ކޮންޓްރޯލުކޮށް، ޝަހުވަތްތަކުގައި ވަޒަން ހަމަކޮށް ދިރިއުޅުމުގެ ހަގީގީ އަމާޒުތަކަށް ސީދާވާ ގޮތަށް އެ މީހެއްގެ އަޒުމްތައް ނުވަތަ އިރާދަތު ވަރުގަދަ…

ދުރަންދަރު 2: މި އަހަރުގެ އެންމެ ކާމިޔާބު 10 ފިލްމުގެ ލިސްޓަށް!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ފަހުގެ ފިލްމު "ދުރަންދަރު 2: ދަ ރިވެންޖް" އިން ދުނިޔޭގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދުނިޔޭގެ 10 ފިލްމުގެ ލިސްޓުގައި ހިމެނިއްޖެ އެވެ.

Loading fresh headlines…