Live 129,726 stories Updated Apr 12, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މަދޫބާލާގެ ރޯލަށް ސާރާ އަރުޖުން

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި މަދޫބާލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑު ރޯލަށް ސާރާ އަރުޖުން ހަމަޖައްސަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަނދު ވަށައި ބުރެއް: ކޮންފަދަ ހިތްގައިމު ދަތުރެއް!

ބައި ގަރުނަށް ވުރެ ވެސް ދުވަސް ފަހުން ހަނދުގެ ވަށައިގެން ކުރި ފުރަތަމަ ދަތުރު ކާމިޔާބުކަމާ އެކު ފުރިހަމަކުރޮށް، ހަތަރު އެސްޓްރޮނޯޓުން އެނބުރި އައީ އެވެ. އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މި ބޮޑު ކާމިޔާބީއާ އެކު ތިބީ މި ދަތުރާ ގުޅިފައިވާ އަސްލު މިޝަންއާ މެދު ޔަގީންކަން ބޮޑުވެފަ އެވެ.

ޗާގޯސް ހޯދުމުގެ މަސައްކަތުގައި އެއް ކަމެއް ވެސް ދޫކޮށެއް ނުލާނަން: މޮރިޝަސް

އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮންނަ ޗާގޯސްގެ ރަށްތައް ހޯދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި ނުކޮށް ދޫކޮށްލާނެ އެއް ކަމެއް ވެސް ނޯންނާނެ ކަމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު ދަނަންޖޭ ރާމްފުލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިބުރޭ އާއި މައުރޫފްގެ މަގާމު އިޔާދަކޮށް، ގަޕޯގެ މައްސަލަ ނަގައިފި

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން، އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު މިއަދު އިޔާދަކޮށްފި އެވެ.

ދިގުރަށު އަލިފާނުގެ ހާދިސާއަށް މަހެއް، ތަހުގީގު ކުރިތޯ ބަލަން މަޖިލީހަށް

އދ. ދިގުރަށުގައި ބިދޭސީން ތިބި އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށް މަހެއްހާ ދުވަސްވީއިރު، ކަމާބެހޭ އިދާރާތަކުން މައްސަލަ ތަހުގީގު ކުރިތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.

އެމްޑީޕީ ހިންގަން ދެ ރައީސުން ހިމެނޭ ގޮތަށް ވަގުތީ ކޮމިޓީއެއް ފާސްކޮށްފި

އެމްޑީޕީގެ ހިންގުމާ ގުޚޭ ކަންތައްތަކުގައި މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ލަފާދޭނެ ހާއްސަ ވަގުތީ ކޮމިޓީއެއް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ގައުމީ މަޖިލިހުން މީގެ އިރުކޮޅެއް ކުރިން ފާސްކޮށްފ…

އެމެރިކާގެ ރުހުން ނެތި މޮރިޝަސްއާ ޗާގޯސް ހަވާލު ނުކުރަން އިނގިރޭސި ވިލާތުން ނިންމައިފި

އެމެރިކާ އާއި އިނގިރޭސި ވިލާތުން އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމެނޭ ޗާގޯސް އަތޮޅުގެ ރަށްތަކުގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ދޫކޮށްލައި އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތުން ނިންމާފައިވާ ނިންމުން އެމެރިކާގެ ރުހުމާ އެކުގައި ނޫނީ ކުރިއަށް ނުގެންދާ ގޮތަށް ނި…

ކޮަރަޕްޝަނާ ދެކޮޅަށް "މަސައްކަތް ނުކުރެވޭތީ" އޭސީސީގެ މެމްބަރުންނާ ބައްދަލުކުރަން އެމްޑީޕީން އެދިއްޖެ

ދިވެހި މުޖުތަމައުއަކީ ކޮރަޮޕްޝަނާ ދުރު އަދި ނަޒާހަތްތެރި ބަޔަކަށް ހެދުމަކީ ގާނޫނީ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޒިންމާއެއް ކަމަށް ވިޔަސް އެކަން ނުކުރެވޭތީ އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު އެދިއްޖެ އެވެ.

ހަނގުރާމައަށް ފަހު އެމެރިކާގެ ދެ މަނަވަރު ފުރަތަމަ ފަހަރަށް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފި

އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ އެކު ފެށިފައިވާ ހަނގުރާމައަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ހަނގުރާމަމަތީ ދެ މަނަވަރު ހޮރްމޫޒް ކަނޑުއޮޅިން، އެއްވެސް ނުރައްކަލަކާ ނުލައި ދަތުރުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

Loading fresh headlines…