Live 128,441 stories Updated Feb 27, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ހަނގުރާމަ އިއުލާނުކޮށް ޕާކިސްތާނުން އަފްޣާނިސްތާނުގެ ކާބުލް އާއި އެކި ހިސާބުތަކަށް ބޮން އަޅައިފި

އަފްޣާނިސްތާނުން ރޭ ޕާކިސްތާނަށް ހަަމަލާ ދިނުމާ އެކު ޕާކިސްތާނުން ހަނގުރާމަ އިއުލާނުކޮށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިމެނޭ ގޮތަށް ބޮޑެތި ސިޓީތަކަށް ބޮން އަޅައިފި އެވެ.

ޑިމޮކްރެޓިކް ރަނގަޅު ގޮތަކީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުން: ރައީސް

ޑިމޮކްރެސީގެ ހަމަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޓޭލާ އާއި ޓްރޭވިސްގެ ކައިވެނި ޖޫން މަހު

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީ އަންނަ ޖޫން މަހު ކައިވެނިކުރަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭނުގައި ހުރި ކަންކަމެއް މިދިޔަ ދެ އަހަރު ނުހިނގާ: ރައީސް

ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި މާހެފުމުގައި އެ ޕާޓީގެ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ފެއްޓެވީ އެ މަނިކުފާނު މާލޭގެ މޭޔަރުކަމާ ހަވާލުވެވަޑައިގެން ކައުންސިލުން އޭރު ފާސްކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ސަޕޯޓަރުންނަށް ދައްކަވާލައްވަމުންނެވެ.

ސަރުކާރުގެ ވިސްނުމާ ދެކޮޅު ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް: ރައީސް

ސަރުކާރުގެ ވިސްނުމާ ދެކޮޅު ލޯކަލް ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވެމްކޯ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގަށް މައުލޫމާތު ހިއްސާކޮށްދޭން އެޗްއާރުސީއެމުން އެދިއްޖެ

ވެމްކޯގައި ކުނި އުކުމާއި މެނޭޖުކުރުމުގައި އުޅޭ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަ ބަލަން ފަށައި، އެކަމާ ގުޅޭ މައުލޫމާތު އެނގޭ ނަމަ ހިއްސާކޮށްދޭން އެޗްއާރުސީއެމުން މިއަދު އެދިއްޖެ އެވެ.

ހުޅުމާލޭގައި 1،000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ހިންގާ ސްކީމްގެ ދަށުން ހުޅުމާލޭގައި 1،000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

Loading fresh headlines…