ކުށް ސާބިތު ނުވަނީސް މުދާ ނެގޭނީ ތުހުމަތުވާ މީހާ މަރުވުން ފަދަ ހާއްސަ ހާލަތްތަކުގައި ހައި ކޯޓް މެދުވެރިކޮށް: ފަޒާދު
ކުށް ކޮށްގެން ހޯދާ މުދާ ނެގުމާ ގުޅޭ ބެހޭ ބިލްގައި ހުށަހަޅާފައި ވާނީ ކުށުގެ ތުހުމަތުވާ މީހާގެ ޝަރީއަތް ނުނިމެނީސް މަރުވުން ނުވަތަ ޝަރީއަތަށް ހާޒިރު ނުވެ، ފިލައިގެން އުޅޭ ހާލަތް ފަދަ ހާއްސަ ހާލަތްތަކުގައި މުދާ ނެގޭ ގޮތަށް ކަމަށް އެ ބިލް ހުށަހެޅުއްވި މެންބަރު އަލީ ފަޒާދު މިއަދު ވިދާޅުވެއްޖެ އެވެ.