Live 128,437 stories Updated Mar 5, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސްވައިޕަކީ ދުނިޔޭގެ މަޝްހޫރު ވޮލެޓްތަކާ ވާދަކޮށްލެވޭ ފެންވަރުގެ ދިވެހި އުފެއްދުމެއް: ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް ސްވައިޕް އަކީ ދުނިޔޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓްތަކާ އެއްހަމައެއްގައި ވާދަކޮށްލެވޭ ފެންވަރު ހުރި 100 ޕަސެންޓް ދިވެހި އުފެއްދުމެއް ކަމަށް ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝީޝާ މަނާކޮށް، ހަކުރު ސަބްސިޑީ ކަނޑާލައި ޓެކްސް ނެގުމުގެ މަޝްވަރާ އެބަކުރަން: ނާޒިމް

ދުޅަހެޔޮ ޖީލެއް ބިނާކުރަން ރާއްޖޭގައި ޝީޝާ މަނާ ކުރުމާއެކު، ހަކުރުން ޓެކްސް ނެގުމުގެ އިތުރުން އެއަށް ދޭ ސަބްސިޑީ ކަނޑާލުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އީރާންގެ އިތުރު މަނަވަރެއް ލަންކާގެ އިގްތިސާދީ ސަރަހައްދުގައި އޮވެ އެހީއަށް އެދެނީ

ސްރީ ލަންކާގެ އިގްތިސާދީ ސަރަހައްދުގެ ކުޑަ ތަންކޮޅެއް ބޭރުން އީރާންގެ މަނަވަރަކަށް އެމެރިކާއިން ހަމަލާދީ ފައްތާލާފައި ވާއިރު އިތުރު މަނަވަރެއް ވެސް އިގްތިސާދީ ސަރަހައްދުގައި އެބަ އޮތް ކަމަށާއި ކާނާ އާއި ފެން ފަދަ ތަކެތި ހޯދުމަށް ޑޮކް ކުރުމުގެ ހުައްދައަށް އެދިފައިވާ ކަމަށް ލަންކާގެ އޮފިޝަލުން ބުނެފި …

ފުޓްބޯޅަ ސްކޫލްގެ ނުނިންމާ ހުރި މަސައްކަތްތަކަށް ވެސް އެފްއޭއެމުން ކޮންޓްރެކްޓަރަށް މިލިއަނުން ފައިސާ ދިން

ހުޅުމާލޭ ފޭސް އެކެއްގައި އެފްއޭއެމުން އިމާރާތް ކުރަން ފެށި ފުޓްބޯޅަ ސްކޫލްގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާފައި ނުވިޔަސް، ކޮންޓްރެކްޓަރަށް 32 މިލިއަން ރުފިޔާ ޖަމާކުރިކަން އޮޑިޓަ ޖެނަރަލް ހުސައިން ނިޔާޒީ ނެރުއްވި ހާއްސަ އޮޑިޓުން ހާމަވެއްޖެއެވެ.

ބައެއް ބޭސްތަކަށް އެމްއާރުޕީ ތަންފީޒުކުރޭ، މުޅި ލިސްޓު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްދޭ: ނާޒިމް

ބައެއް ބޭސްތައް ވިއްކޭނެ އެންމެ މަތީ އަގު މިހާރު ވެސް ކަނޑައަޅާފައިވާ ކަމަށާއި މުޅި ލިސްޓު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހާއްސަ ކެޓަގަރީގެ ޝަރުތު އަނެއްކާވެސް ފަސް އަހަރަށް ބަދަލުކުރަނީ

"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި ހިމެނޭ ހާއްސަ ކެޓަގަރީތަކުން ފްލެޓަށް ކުރިމަތިލުމުގެ ޝަރުތަކީ އެ އިދާރާއެއްގައި މަސައްކަތް ކުރިތާ އަހަރު ދުވަސް ކަމަށް ކުރިން ކަނޑައެޅުމަށް ފަހު، އެ އުސޫލު ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އުމްރާވެރިންނަށް ލަނޑު ދިން މައްސަލާގައި ޖަލަށްލި ފާރިޝް ގޭބަންދަށް ބަދަލުކޮށްފި

މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ ބައެއް މީހުންގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ދިން ޗެކް ބައުންސްވެ، ފައިސާ ނުދެއްކި ޓިކެޓްތައް ކެންސަލްވި މައްސަލާގައި ޖަލަށްލާފައިވާ އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝް ގޭބަންދަށް ބަދަލުކޮށްފި އެވެ.

ބޭރުގައި ތިބެ ރާއްޖެއަށް ޑްރަގު ފޮނުވާ ތިން މީހުން އަދިވެސް އަތުލައިނުގަނެވޭ

މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ދިވެހިން ގާއިމްވެ ތިބެ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ފޮނުވާ ކަމުގެ ތުހުމަތުގައި ހޯދާ ތިން މީހުން އަދިވެސް އަތުލައިނުގަނެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ބެހެއްޓި ބޮޑީ ސްކޭން މެޝިނާ އެކު ސްކޭމް މައްސަލަތަކަށް ހައްލެއް އަންނާނެ: އިހުސާން

މާފުށީގައި ހުންނަ ރާއްޖޭގެ އެންމެ ބޮޑު ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި، ބޭނުންކުރަން ފަށާފައިވާއިރު، ޖަލަށް ވެއްދުމަށް މަސައްކަތްކުރާ އެއްޗެހި އޭގެ ސަބަބުން އަތުލައިގަނެ، ސްކޭމް މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ…

Loading fresh headlines…