Live 128,435 stories Updated Mar 13, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އިންޑިއާގެ ތެޔޮ ޓޭންކަރުތައް ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަން ހުއްދަ ދީފައިވާ ކަމަށް ބުނެފި

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ، އިންޑިއާގެ ތެޔޮ ޓޭންކަރުތަކަށް ދޭން އީރާނުން އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ މަސްދަރުތަކުން ބުނެފި އެވެ.

އިނގިރޭސި ޓީމެއް މޮޅެއް ނުވި، ނޯވޭގެ ބޯޑޯ/ގްލިމްޓް އުދުހެނީ

ބޯޑޯ (މާޗު 12) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ އަށް މެޗުގެ ތެރެއިން ހަ މެޗުގައި ކުޅުނު އިނގިރޭސި ހަ ޓީމަށް ވެސް މޮޅެއް ނުހޯދުނު އިރު، ނޯވޭގެ ކުޑަކުޑަ ބޯޑޯ/ގްލިމްޓް ފުރިހަމަ މޮޅެއް ހޯދައިފި އެވެ.

އީރާން ހަނގުރާމައަށް ހަ ދުވަސް ތެރޭ އެމެރިކާއިން 11 ބިލިއަން ޑޮލަރު ހޭދަވި

އީރާނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގެ ފުރަތަމަ ހަފްތާގައި އެމެރިކާއިން 11.3 ބިލިއަން ޑޮލަރު އެކަމަށް ހޭދަވެފައިވާ ކަމަށް، ގާނޫނު ހަދާ މަޖިލީހަށް ޕެންޓަގަން އިން ދިން މައުލޫމާތާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

ދުބާއީގެ ކުންފުންޏާ ހަވާލުކުރި އައްޑޫ ކަރަންޓު މަޝްރޫއުގެ މަސައްކަތް ރޯދައިގެ ފަހުން ފަށަނީ

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އިންޖީނުގެ އެޅުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް ރޯދައިގެ ފަހުން ފަށާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.

ކުށަށް އިއުތިރާފުވެ، ސްކޭމްކޮށްގެން ނެގި ފައިސާ އަނބުރާ ދޭން ބޭނުންވާ ކަމަށް ބުނެފި

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، ވިޔަފާރި ކުންފުންޏެއްގެ ބެންކު އެކައުންޓަށް އެކްސެސް ހޯދުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކު ކުށަށް އިއުތިރާފުވެއްޖެ އެވެ.

Loading fresh headlines…