Live 129,726 stories Updated Apr 29, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ގާނޫނާ އެއްގޮތަށް ސިޔާސީ ހަރަކާތް ހިންގަން އެމްޑީޕީ އާއި ޕީއެންއެފަށް އީސީން ނަސޭހަތްދީފި

އެމްޑީޕީ އާއި ޕީއެެންއެފުން ސަރުކާރާ ދެކޮޅަށް މާލޭގައި ސިލްސިލާކޮށް ވަކިވަކިން ބާއްވަމުން ގެންދާ ހަރަކާތްތަކުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަ ދައްކައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ދެ ޕާޓީއަށް ނަސޭހަތް ދީފި އެވެ.

ނޫސްވެރިން ޒިންމާދާރުވާން ނައިބު ރައީސް ގޮވާލައްވައިފި

ނޫސްވެރިންކަމުގެ އަސާސީ މިންގަނޑުތައް ހިފަހައްޓައި، ރައްޔިތުންނަށް މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަމާ އެކު، މަސައްކަތް ކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިވެހި ނޫސްވެރިންނަށް ގޮވާލައްވައިފި އެވެ.

އަދަދު ރެއިޑްކޮށް، ނޫސްވެރިން ދަތުރުކުރުން މަނާކުރުން އިނގިރޭސި ސަފީރާއި ސީޕީޖޭ އިން ކުށްވެރި ކޮށްފި

"އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ބައެއް ތަކެތި ގެންފޮސް އެ ނޫހުގެ އިސްބޭފުޅުން ރާއްޖެއިން ފުރުން މަނާކުރުމުން ކޮމިޓީ ތު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ މިއަދު އެކަން ކުށްވެރި ކުރައްވައިފ…

ތަހުގީގަށް ފުލުހުން މައުލޫމާތު ހޯދާ ގޮތަށް ބަސްބުނުމުގެ ގާނޫނީ ބާރެއް ނެތް: މީޑިއާ ކޮމިޝަން

ފުލުހުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރާ މިންގަނޑުތައް ކަނޑައެޅުމުގެ އިހުތިޔާރު ލިބިފައި ނުވާކަމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވޯލްޑް ކަޕްގައި ޑްރޯން ހަމަލާތަކެއް ދީފާނެތީ އަސްކަރީ ރިޒާވް ފޯސްއަށް ބާރު ދޭން ގޮވާލައިފި

އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް މެޗުތަކުގައި ޑްރޯން ހަމަލާތަކެއް ދީފާނެތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެމެރިކާގެ ނޭޝަނަލް ގާޑް (ރިޒާވް ފޯސް) އަށް ބާރުތަކެއް ދިނުމަށް ރިޕަބްލިކަން ޕާޓީގެ މަޖލިސް ދެ މެންބަރަކު ގޮވާލައްވައިފި އެވެ.

ނިންމުންތައް ނިންމުމުގައި އަންހެން ފުލުހުންގެ ބައިވެރިވުން އިތުރުކުރަން އިސްކަންދޭނަން: ސީޕީ

އަމާޒަކީ ފުލުހުންގެ ތެރޭގައި ތަފާތުކުރުން ނެތް މާހައުލެއް ގާއިމްކޮށް ނިންމުންތައް ނިންމުމުގައި އަންހެން ފުލުހުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ވިދާޅުވެއްޖެ އެވެ.

Loading fresh headlines…