Live 129,726 stories Updated Apr 29, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އިޖުތިމާއީ ކޮމިޓީ އަށް އަސްމާ އަލުން އައްޔަންކޮށް މުގައްރިރަކަށް!

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުންނާއި އެ ކޮމިޓީގެ މެންބަރުކަމުން ވަކިކުރި، މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެންބަރު އަސްމާ ރަޝީދު އަލުން އެ ކޮމިޓީން ޖާގަދީ، މުގައްރިރުކަމަށް މިއަދު އައްޔަންކޮށްފި އެވެ.

ސްކޫލް ބުލީ ހުއްޓުވޭނީ ގޭތެރެ އާއި މުޖުތަމައު ހިތްފަސޭހަ، ލޯބިވާ ވެއްޓަކަށް ބަދަލުކޮށްގެން: މިނިސްޓަރު

ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވޭނީ ގޭތެރެ އާއި މުޖުތަމައު އަކީ ހިތްފަސޭހަ އަދި ލޯބިވާ ވެއްޓަކަށް ބަދަލުކޮށްގެން ކަމަށް އެޑިއުކޭޝަން އެންޑް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގައި ޓެކް ކުންފުނިތަކުން ނޫސްތަކަށް ފައިސާ ނުދޭ ނަމަ ޓެކްސް ނަގަން ހުށަހަޅައިފި

އޮސްޓްރޭލިއާގެ ނޫސްތަކުން އުފައްދާ ޚަބަރުތަކަށް ފައިސާ ދޭން ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ މެޓާ، ގޫގުލް އަދި ޓިކްޓޮކުން އެއްބަސްނުވާ ނަމަ އެ ކުންފުނިތަކުން ދައުލަތަށް ޓެކްސް ނެގުމުގެ ގާނޫނެއްގެ ޑްރާފްޓް މިއަދު ހާމަކޮށްފި އެވެ.

ޓްރަމްޕު ބޭނުންވަނީ އީރާންގެ ބަނދަރުތައް ދިގު މުއްދަތަކަށް ބަންދުކޮށްފައި ބާއްވަން: ރިޕޯޓް

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް މަޖުބޫރުކުރުވުމުގެ ގޮތުން އެ ގައުމުގެ ބަނދަރުތައް ދިގު މުއްދަތަކަށް ބަންދުކޮށް، ހިސާރުކުރުމަށް ތައްޔާރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލުންނަށް އަންގަވާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފ…

ވަގުތު ހަމަވިއިރު ވިލާގެ ދަރިވަރުންގެ އޭލެވެލް ޕޭޕަރުތައް ރީޗެކަށް ނުފޮނުވުމުން ހައްލެއް ހޯދަނީ

އެންމެ ފަހުން ބޭއްވި އޭލެވެލް އިމްތިހާނުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން (ވީއައިއެޗްއެސް) ބައިވެރިވި ދަރިވަރުންގެ ކޭމްބްރިޖް ނަތީޖާތައް ރީޗެކް ކުރުމަށް ހުށަހަޅަންޖެހޭ މުއްދަތުގައި ނުފޮނުވުމުން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ސައްހަ: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސިނާން ޓިކެޓު ދޫކޮށް، ސައީދަށް ތާއީދު ކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޕްރައިމަރީ މިދިޔަ ހޮނިހިރު ދުވަހު ކާމިޔާބު ކުރެއްވި، އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޓިކެޓު ދޫކޮށްލައްވައި، އޭނާއާ އެކު ޕްރައިމަރީގައި ދެން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އަށް ތާއިދުކުރައްވަން މިއ…

ޕަޕަރާޒީން ފަހަތުން ދުވާތީ ބިރުގަނޭ: ޕްރިތީ

ބޮލީވުޑްގެ ތަރި ޕްރިތީ ޒިންތާ އެކްސްގައި ބޭއްވި ސުވާލާއި ޖަވާބުގެ ސެޝަނެއްގައި، އޭނާގެ އަމިއްލަ ދިރިއުޅުމާއި ފިލްމީ ހަޔާތާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފި އެވެ.

Loading fresh headlines…