Live 129,726 stories Updated Apr 30, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ލަންކާގައި ތާށިވެފައި ހުރި 2،500 އަށް ވުރެ ގިނަ ކޮންޓެއިނާ އަންނަ ހަފުތާގައި ގެންނަނީ

ރާއްޖެއަށް ގެންނަން ޖެހޭ މުދަލުގެ ތެރެއިން ސްރީ ލަންކާގައި ތާށިވެފައި ހުރި 2،500 އަށް ވުރެ ގިނަ ކޮންޓެއިނާގެ މުދާ އަންނަ ހަފުތާފައި ރާއްޖެއަށް ގެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޣައްޒާގެ ހިސާރު ނިމުމަކަށް ގެންނަން ދިޔަ 50 އަށް ވުރެ ގިނަ އުޅަނދު އިޒްރޭލުން ހުއްޓުވައިފި

ފަލަސްތީނުގެ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ، ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ފްލޮޓިލާ (ބޯޓުފަހަރުތަކުގެ ގާފިލާ) އަށް އިޒްރޭލުން ހުރަސް އަޅައި އަސްކަރީ ބޯޓުތަކުން ވަށާލާފައިވާ ކަމަށް ބުނެފި އެވެ.

"މައިކަލް"އަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް

ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޮޕިކް ފިލްމު "މައިކަލް" ސިނަމާތަކަށް އައުމާ އެކު ބޮޑު ކާމިޔާބީއެއް ހޯދައި، ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައިފި އެވެ.

ބޮލީވުޑްގެ އެންމެ ބިރުވެރި ފިލްމު "ތުމްބާޑް"ގެ ދެވަނަ ބައި ރިލީޒްކުރަނީ އަންނަ އަހަރު

ބޮލީވުޑްގެ ފަހުގެ އެންމެ ވަރުގަދަ ބިރުވެރި ފިލްމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ "ތުމްބާޑް"ގެ ދެވަނަ ފިލްމު އަންނަ އަހަރު ރިލީޒްކުރަން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

އީރާންގެ "ކަނޑު ބަންދު" އަވަހަށް އުވާނުލާނެ ކަމަށް ޓްރަމްޕު ބުނުމާ އެކު ތެލުގެ އަގު މައްޗަށް

އިރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ކަނޑުގެ ބަންދު (ނޭވަލް ބްލޮކޭޑް) އެތައް މަހަކަށް ދެމިގެން ހިނގައިދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތެލުގެ އަގު ނުއުފުލޭ މިންވަރަށް ބުދަ ދުވަހު އުފުލިއްޖެ އެވެ.

ގޮނޑި ގެއްލޭ އިސްލާހު ސައްހަ ކަމަށް ހުކުމް ކުރުމުން އެއީ ހެޔޮ ބަދަލެއްކަން ޔަގީންވޭ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމަކީ އެއީ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަގީންވާ ކަމެއް ކަމަށް ޕީއެންސީން މިއަދު ބުނެފި އެވެ.

ފިއުލް ސްޓޯރޭޖު ހަދަން މާލެ ކައިރިން ދެ ފަޅެއް ބަލަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ސްޓޯރޭޖު ހެދުމަށް މާލެ ކައިރިން ދެ ފަޅެއް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…