Live 129,726 stories Updated May 3, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ބީއެމްއެލްގެ އެހީގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބެންކް ފަންޑްގެ އެހީގައި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިން ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމްކޮށްފި އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކް މަތިކުރަން މަަސައްކަތް ކުރާނަން: މީޑިއާ ކޮމިޝަން

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މި އަހަރު ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލާފައިވީ ނަމަވެސް، ރާއްޖޭގެ ރޭންކް މަތިކުރަން މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ބުނެފި އެވެ.

އުރީދޫން ދޭ ހައްޖު ދަތުރުގެ ގުރުއަތު ނެގުން މިމަހު، އަދިވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ

އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ފަށާފައިވާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ބޮޑު އިނާމަކަށް ހުށައަޅާފައިވާ ހައްޖު ދަތުރުގެ ގުރުއަތުލުން މި މަހު އޮންނާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އެސްޓީއޯ އިން ބޭޔަ ބްރޭންޑްގެ ފާމަސޫޓިކަލް ތައާރަފްކޮށްފި

ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެސްޓީއޯ ހެލްތުކެއާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ބޭސް ކުންފުނި "ބޭޔަ" ގެ ފާމަސޫޓިކަލް އުފެއްދުންތައް މިއަދު ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް

ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތައް ގާނޫނާއި ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު ބުނެފި އެވެ.

މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް

މާލޭގައި ދިރިއުޅޭ މަސައްކަތު އާބާދީގެ 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ލޭބާ ފޯސް ރިޕޯޓުގައި ބުނެފި އެވެ.

Loading fresh headlines…