ކާބޯތަކެތި ގެނައުމުގައި ދަތިކަމެއް ނެތް: ސައީދު
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތި ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
MIHAARU
Live feedމެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތި ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ލީޑު ގައި އޮއްވައި، ސްރީ ލަންކާ އަތުން 3-2 އިން ބަލިވި ބަލިވުމަކީ ދިވެހި ޓީމު ފެށި ދަތުރުން ލިބިދިން ފިލާވަޅެއް ކަމަށާއި މިއިން އިބުރަތް ހާސިލް ކޮށްގެން ކުރިއަށް ދިޔުން މުހިއްމު ކަމަށް ހެޑް ކޯޗު އިސްތަވާން އުރުބާނީ ރޭ ބުނެފި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭނުންވެގެން އެމެރިކާއިން ދިން މެސެޖުތަކެއް އެކުވެރި ބައެއް ގައުމުތަކުން ހިއްސާކޮށްފައިވާ ކަމަށާއި އެކަމަކު އެމެރިކާއާ އެކު އަދި ވާހަކަ ނުދެކެވޭ ކަމަށް އީރާނުން ބުނެފި އެވެ.
ގއ. ދާންދޫގައި އެލާޖިކެއް ވެގެން މަރުކަޒަށް ގެންދިޔަ މީހަކު ރޭ ނިޔާވެއްޖެ އެވެ.
މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ މީހުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އިއްޔެ އާންމުކޮށްފި އެވެ.
ސިނަމާލެ ފްލެޓްތައް މަރާމާތުކުރުމަށް ހާލަތު ބަލައި އެސަސްމަންޓެއް ތައްޔާރުކުރާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު އެމެރިކާ ސަރުކާރުގެ ހާއްސަ މަންދޫބު ސާޖިއޯ ގޯ މިއަދު ފުރާވަޑައިގެންފި އެވެ.
ރާއްޖޭގައި މިއަދު ފެށި 20 އަހަރުންދަށުގެ ސާ ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި، ފުރަތަމަ ހާފުގައި ރާއްޖެއިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ދެވަނަ ހާފުގައި ސްރީ ލަންކާއިން ނަތީޖާ ބަދަލުކޮށް 3-2 އިން މެޗު ކާމިޔާބުކޮށްފިއެވެ.
ގދ. ތިނަދޫގައި އަޅާ 50 ފްލެޓާއި މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގ. ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ އިއްޔެ ހައްޔަރުކޮށްފި އެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު ދުވަހަކު ވެސް ނުއުފައްދަން އެއްބަސްވާނެ ކަމަށާއި އިޒްރޭލަށް ރައްކާތެރިކަން ކަށަވަރުވާނެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ވިދާޅުވެއްޖެ އެވެ.
މެޗު ފެށިގެން 15 ވަރަކަށް މިނިޓުތެރޭ ދެއްކި ރަތް ކާޑަކާ ގުޅިގެން އެކަކު މަދުކޮށް މެޗު ފުރިހަމަ ކުރަން ޖެހުނު ބޫޓާނާ ވާދަކޮށް ނޭޕާލް، ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު 2-1 އިން ކާމިޔާބު ކޮށްފި އެވެ.
Loading fresh headlines…