ސަލްމާނަށް މި އުޅެނީ ކިހިނެއް ވެގެންތަ؟
އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގެ ބޭރުގައި ޕަޕަރާޒީން އޭނާއަށް ފާރައަށް ތިބުމުން އެކަމާ ރުޅިއައިސް އަދި އޭގެ ފަހުން އިންސްޓަގްރާމްގައި ދިން ހަރުކަށި އިންޒާރުތަކަށް ފަހު، ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާން މީޑިއާއަށް މާފުކޮށް، މުޅި މައްސަލަ ފިނިކޮށްލައިފި އެވެ.