Live 129,723 stories Updated May 21, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ހޮހަޅަ ތަޖުރިބާކުރި ޑައިވަރަކު ބުނަނީ ވަކި ހިސާބަކުން އަލިކަން ގެއްލި މަގު އޮޅޭ ކަމަށް!

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅަޔަށް މީގެ ކުރިން ވަދެފައިވާ ރަޝިޔާގެ ތަޖުރިބާކާރު ޑައިވަރު ވްލަޑިމިއާ ޓޮޗިލޯވް އެތަނުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ސިފަކޮށްދިނީ މިގޮތަށެވެ؛ އެއީ ފުންމިން ބުނެދޭން ނޭނގޭ، ނުކުމެވޭނެ ގޮތެއް ފެންނަ ނެތް، ނާމާން ކަނު އަނދިރިގަނޑެކެވެ. ބިރުވެރި ދަތުރެކ…

ބޮޑެތި ލުއިތައް ލިބޭ "ސީޕާ" އެއްބަސްވުމެއް ރާއްޖެއިން ޔޫއޭއީއާއެކު ގާއިމްކުރަނީ

ޓެރިފް ކުޑަކުރުން ހިމެނޭ ގޮތުން ވިޔަފާރީގެ ގިނަ ހުރަސްތައް ނައްތާލާ އެއްބަސްވުމެއް ކަމަށްވާ "ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް (ސީޕާ) އެއްބަސްވުން ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ގާއިމްކުރުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޓެރިފް ސަސްޕެންޑް ކުރުމުން ޔޫކޭ މާކެޓުން ބޮޑު ހިއްސާއެއް ނެގޭނެ: މުންދު

އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގާ 20 ޕަސެންޓްފެ ޓެރިފް ނުވަތަ ޑިއުޓީ ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމުމުން، އެގައުމުގެ ކަނޑުމަހުގެ ބާޒާރުން ރާއްޖެއަށް ބޮޑު ހިއްސާއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ރ…

މާރުކޭޓު ބިން ނުދީ ލަސްވަނީ އެތަން އެހެން ދެ ކުންފުންޏަކަށް ދީފައި އޮތުމުން: ސިޓީ ކައުންސިލް

މާލޭގެ މާރުކޭޓު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށުން ލަސްވަނީ ތަކުރާރުކޮށް އެދިގެން ވެސް ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވަނިކޮށް، އެއީ ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ތަނެއް ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލަރުންނަށް ގައުމީ މަޖިލީހުގައި ބަސް އިއްވޭނެ ގޮތް ހަދާނަން: މީކާއިލް

އެމްޑީޕީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ގައުމީ މަޖިލީހުގައި ބަސް އިއްވޭނެ ޖާގަ ކަށަވަރުކޮށްދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ފުނަވަލުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތަކެއް ކަނޑައި ހައުސިން ޔުނިޓު އަޅަން ނިންމާފައިވާތީ، އެކަން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.

Loading fresh headlines…