Live 129,580 stories Updated Oct 16, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މާރުކޭޓުތަކާއި، އާޓިފިޝަލް ބީޗު އަދި ރަސްފަނު ހިމެނޭހެން ސިޓީ ކައުންސިލުގެ ދަށުގައި އޮތް މުހިންމު 14 ބިމެއް ދައުލަތަށް ނަގަނީ

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި އޮތް މަސް މާރުކޭޓާއި އާޓިފިޝަލް ބީޗު ހިމެނޭހެން މާލޭގެ މުހިންމު 14 ބިމެއް ދައުލަތަށް ނަގަން ނިންމައިފި އެވެ.

އެމްއައިބީ ގެސްޓް ހައުސް އެވޯޑްސް: ގެސްޓް ހައުސް ޗެމްޕިއަން ރަށަކަށް ފުވައްމުލައް

މިއަދު ބޭއްވި އެމްއައިބީ ގެސްޓް ހައުސް ސިމްޕޯޒިއަމްގައި ކުރިއަށް ގެންދިޔަ ގެސްޓް ހައުސް އެވޯޑްސްގެ 'ގެސްޓް ހައުސް ޗެމްޕިއަން އައިލެންޑް' އެވޯޑު ޏ. ފުވައްމުލަކަށް ލިބިއްޖެ އެވެ.

ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލަ: ސަލާމަތްވި މީހުންނަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އަދި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތު ނުވުމުގެ ސަބަބުން މިނިވަންވި މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެން ހޯމް މިނިސްޓްރީން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ނުދުއްވޭނެ ގަޑިތަކެއް ކަނޑައަޅައިފި

މާލެ އާއި ހުޅުމާލޭގެ މަގުތަކަކީ ހިނގައިބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ވެސް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މުދާ އުފުލާ އަދި ބަރު އުޅަނދުތައް ނުދުއްވޭނެ ވަކި ހާއްސަ ގަޑިތަކެއް ސަރުކާރުން ކަނޑައަޅައި އެ އަށް އަމަލުކުރަން މިއަދު ފަށައިފި އެވެ.

ކައި ބޭނުންވަނީ އެކުވެރިޔާ އޮސްކާގެ ކާމިޔާބު ނިއުގައި ތަކުރާރުކުރަން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗުކަމާ ހަވާލުވުމަކީ ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި، އަމާޒަކީ އެ ކްލަބަށް ކުރިން ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އަދި އޭނާގެ އެކުވެރިޔާ އޮސްކާ ބްރޫޒޮން ފަދައިން ހުރިހާ ތަށްޓެއް ކާމިޔާބުކުރުން" އެ ޓީމު ކޯޗު ފްރަންސިސްކޯ ކައިންޒޯސް (ކައި) ބުނެފި އެވެ.

Loading fresh headlines…