Live 125,907 stories Updated Jan 9, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އަޅުގަނޑަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކައުންސިލަރުން ބޭނުންވޭ: ރައީސް

މާލެ ސަރަހައްދުގައި މި ސަރުކާރުން ވަރަށް ގިނަ ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އަދި ކުރިމަގަށް ރާވާފައިވާ ކަންކަން ކުރަން އެ މަނިކުފާނަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ޓީމެއް ލޯކަލް ލެވެލްގައި ބޭނުންފުޅުވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް: ރައީސް

ކޮންމެ ރަށެއްގެ ތަރައްގީ އަށް ވެސް ސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެކަމަކު އެ ކަންކަމަށް ބުރަކި ޖައްސައި ހުރަސް އަޅާނެ ބަޔަކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވުމަކީ ވިސްނުންތެރި ގޮތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި…

މީހުން ދިރިއުޅޭ ރަށްރަށަށާ އެއްކިލޯ މީޓަރު ދުރުގައި ސަފާރީ ބާއްވާ ގޮތަށް ގަވާއިދު ބަދަލުކުރަނީ

މީހުން ދިރިއުޅޭ ރަށްރަށް ކައިރީގައި ސަފާރީތައް ބާއްވައިގެން ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް، އެފަދަ ރަށްރަށާ ކައިރީގައި ސަފާރީ ބޭއްވުން މަނާކުރާ ގޮތަށް ގަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފަންސަަވީހަކަށް ދުވަހުގެ ތެރޭގައި ޕީއެންސީއާ 5،000 މެމްބަރުން ގުޅިއްޖެ: ފަލާހު

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ މިދިޔަ ފަންސަވީހަކަށް ދުވަހުގެ ތެރޭގައި 5،000 މީހުން ގުޅި، އެއީ ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ މެމްބަރުން ގިނަވި ޕާޓީއަށް ވެފައިވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު މިރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…