މަސައްކަތް ނުކުރާ ބަޔަކަށް އެމްއޭސީއެލުން މުސާރަ ދޭ ކަމަށް ބުނާ ލިސްޓެއް ނުލިބޭ: ރައީސް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެ ކުންފުނީގައި މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް ދައުރުވި ނަމަވެސް، އެފަދަ ލިސްޓެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.