Live 125,900 stories Updated Jan 19, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ދިނީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި، މަސައްކަތް ކުރާނީ އެގޮތަށް: ޖަލީލް

މާލެ ރައްޔިތުން އެދޭފަދަ ހިދުމަތެއް ދޭން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށް ޕީއެންސީ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވައިފި

މާލޭ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވައިފި އެވެ.

ބަލްމާ-6 ދޯނި ބަންޑުން ޖަހާލުން: ނިޔާވީ ތަޖުރިބާކާރު ކެޕްޓަނެއް

މާލެ އަތޮޅުގައި އޮންނަ ތާޖު އެގްޒޯޓިކާ ރިސޯޓް ކައިރިއަށް މިއަދު ހެނދުނު ބޯޓެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މަރުވި ދިވެއްސަކީ އުމުރުގެ ބޮޑުބައި ކަނޑު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކުރި ބ. ހިތާދޫގެ ތަޖުރިބާކާރު ކެޕްޓަނެކެވެ.

ގްރީންލެންޑް މައްސަލައިގައި ޔޫރަޕް އެކުގައި ޓްރަމްޕާ ދެކޮޅަށް ތެދުވެއްޖެ

ޑެންމާކުގެ ސަރަހައްދެއްގެ ގޮތުގައި، ވަކި ވެރިކަމެއް ހިންގަމުން އަންނަ ގްރީންލެންޑު ހިފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވާ މައްސަލައިގައި އުފެދުނު ނުތަނަވަސްކަމާ އެކު ޔޫރަޕްގެ ގައުމުތައް ބައްދަލުކޮށް ޓްރަމްޕާ ދެކޮޅަށް ތެދުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 700 އަށްވުރެ ގިނަ ޝަކުވާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާސް ރަޖިސްޓްރީއަށް 700 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

Loading fresh headlines…